Friday, 6 November 2026
Advertisement
Ooredoo — Article-Top (leaderboard)
ޚަބަރު

މި އަހަރުގެ ޤައުމީ ދުވަހުގެ ރަސްމީ ޖަލްސާ ބޮޑުތަކުރުފާނުގެ އުފަން ފަސްގަނޑުގައި

މި އަހަރުގެ ޤައުމީ ދުވަހުގެ ރަސްމީ ޖަލްސާ ބޮޑުތަކުރުފާނުގެ އުފަން ފަސްގަނޑުގައި

މި އަހަރުގެ ޤައުމީ ދުވަހުގެ މުނާސަބަތުގައި ބާއްވާ ރަސްމީ ޖަލްސާ ހއ.އުތީމުގައި ބާއްވަން ސަރުކާރުން ހަމަޖައްސައިފިއެވެ.

އެކަން ހާމަކުރެއްވީ ރައީސް އޮފީހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ އޮފީހުގެ ތަރުޖަމާނު މިއުވާން މުޙައްމަދެވެ.

އޭނާ ވިދާޅުވީ ޤައުމީ ދުވަހުގެ މުނާސަބަތުގައި ބާއްވާ ރަސްމީ ޖަލްސާ އުތީމުގައި އަދި ޤައުމީ އިނާމު ދިނުމުގެ ޖަލްސާ މާލޭގައި ބާއްވަން ހަމަޖައްސާފައިވާ ކަމަށެވެ.

Advertisement
Allied Insurance — Square (box)

ޤައުމީ ދުވަހުގެ ޖަލްސާ އޮންނާނީ މި މަހުގެ 27 ގައެވެ. ޤައުމީ އިނާމު ދިނުމުގެ ޖަލްސާ އޮންނާނީ އޮކްޓޫބަރުމަހުގެ ތެރޭގައެވެ.

ޤައުމީ ދުވަސް ރާއްޖޭގައި ފާހަގަ ކުރަމުންދަނީ ރަބީޢުލްއައްވަލް މަހުގެ 01 ވަނަ ދުވަހުއެވެ. ރާއްޖޭގައ ޤައުމީ ދުވަހެއް ފުރަތަމަ ފާހަގަކުރީ ހިޖުރައިން 1365 ވަނަ އަހަރުގެ ރަބީޢުލްއައްވަލް މަހުގެ 01 ދުވަހުއެވެ. އެއީ މީލާދީ ގޮތުން 4 ފެބްރުއަރީ 1946 ގައެވެ.

ޤައުމީ ދުވަސް ފާހަގަކުރަނީ 15 އަހަރާއި 6 މަސް ދުވަހުގެ ދިގު އަޅުވެތިކަމަކަށްފަހު ޕޯޗްގީޒުންގެ އަތްދަށުން ރާއްޖެ މިނިވަންވުމުގެ ޒިކުރާ އައު ކުރުމަށެވެ.

ޕޯޗްގީޒުންގެ އަތްދަށުން ރާއްޖެ މިނިވަންވީ ހިޖުރައިން 981 ވަނަ އަހަރުގެ ރަބީޢުލްއައްވަލް މަހުގެ 01 ވަނަ ވިލޭރެއެވެ.
ޕޯޗްގީޒުންގެ އަތްދަށުން ރާއްޖެ މިނިވަންކޮށްދެއްވީ އައްސުލްޠާނުލް ޣާޒީ މުޙަންމަދު ތަކުރުފާނުލް އަޢުޒަމް ސިރީސަވާދީއްތަ މަހާރަދުން (ބޮޑު ތަކުރުފާނު) އެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް