ޚަބަރު

ނާޒިމް ސައްތާރު ތިން މަހަށް ގޭބަންދަށް

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ބަންގްލަދޭޝްގެ އަލަމްގީރާއެކު އެއް ޖިންސުން ޖިންސީ ގުޅުން ހިންގި މައްސަލައިގައި ގ.ކެނެރީގޭ ނާޒިމް ޢަބްދުއްސައްތާރުގެ މައްޗަށް ދައުލަތުން އުފުލި ދަޢުވާ ސާބިތުވެފައިވާކަމަށް ކަނޑައަޅައި, ކްރިމިނަލް ކޯޓުން މިއަދު އޭނާ ގޭގައި ބަންދު ކުރުމަށް ޙުކުމްކޮށްފިއެވެ.

Ads by Hajj Corporation

ނާޒިމްގެ މައްޗަށް ދައުލަތުން އުފުލީ އެއް ޖިންސުން ޖިންސީ ގުޅުން ހިންގިކަމުގެ ކުށުގެ ދަޢުވާއެވެ. އެ ދަޢުވާއަށް ނާޒިމް ވަނީ އިޢުތިރާފުވެފައެވެ. މި މައްސަލައިގައި ނާޒިމަށް ޙުކުމް ކުރުން އޮތީ މިއަދު 16:30 ގައި ކުރިއަށްދިޔަ އަޑުއެހުމުގައެވެ.

ނާޒިމްގެ މައްޗަށް އެއް ޖިންސުން ޖިންސީ ގުޅުން ހިންގިކަމުގެ ކުށުގެ ދަޢުވާ އުފުލީ ޤާނޫނުލްޢުޤޫބާތުގެ ދަށުންނެވެ. އެ ޤާނޫނުގައިވާ ގޮތުން މީހަކާ އިނދެ ހުރެ ކުރި ކުށަކަށްވާނަމަ ކުށުގެ އަސާސީ އަދަބަކީ 09 މަހާއި 18 ދުވަހުގެ ޖަލު ޙުކުމެކެވެ.

ކުށަށް ޢިއުތިރާފުވެ އަދި އެފަދަ ކުށެއް ނުކުރާނެކަމަށް ބުނެ ތައުބާވުމުންނާއި އެކަމަށް މާފަށް އެދުމުން އަދަބު ލުއިކޮށް އެއް މަހާއި 28 ދުވަހުގެ ޖަލު ޙުކުމަކަށް ކަނޑައެޅިއެވެ. ނަމަވެސް އެ ޙުކުމް ގޭ ބަންދުގެ ޙުކުމަށް ބަދަލުކުރަން އެދިފައިވާ އެދުމަށް ރިޢާޔަތްކުރައްވައި ގާޒީ ނިންމެވީ 03 މަހާއި 26 ދުވަހަށް ނާޒިމް ގޭ ބަންދު ކުރާށެވެ.

Ads by HDC
  1. އަލަމުރީއެބުނަނީނު އޭނަޔާއެކުކުރިކަމަން އެމީހުނަށާދެންވެސްކުރަންބޭނުންވާމީބުނަންތިހިތްވަރުދެނީ

  2. ޙެޔޮއެދޭ ހަބިއްތަ

    ޒިނޭކުރުމާއި ޝަރީކުކުރުމާ ކުޑަކުދިންނާ ބެހުމާ އަމިއްލަ ދަރިންނާ ބެހުމާ އަނބިންނަށް އަނިޔާކުރުމާ ރޭޕްކުރުމާ މަސްތުވުމާ ރާބުއިމާ ބަރަހަނާވުމާ މަކަރާ ހީލަތް ހަދައިގެން ފައިސާ ފޭރުމާ ވައްކަންކުރުމާ މާރާމާރިއާ މީހުން މެރުމަށްވުރެ އެއްޖިންސުން ގުޅުން ހިންގުން ނުބައެއް ނުވާނެ. ޒިނޭކުރީމަ އޯގަދަ. ޢެއްޖުންސުންގުޅުން ހިންގީމަ ޗީޗީ. މިއީ މުނާފިގުކަން. ކަނޑުގެ ފޮނުގަނޑަށްވުރެ ފާފަ ގިނަވިއަސް އެކަލާންގެ ފުއްސަވާދެއްވާނެ. ތައުބާވެ އެކަލާންގެ މަގަށް ރުޖޫއަވޭ.