ދުނިޔެ

އަފްގާނިސްތާނުގެ މިސްކިތެއް ކައިރީ އަނެއްކާ ވެސް ބޮމުގެ ހަމަލާއެއް

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

އަފްޢާނިސްތާނުގެ ވެރިރަށް ކާބުލްގެ މިސްކިތެއް ކައިރީގައި ދިން ހަމަލާއެއްގައި 4 މީހުން މަރުވެ 14 މީހުން ޒަހަމްވެއްޖެއެވެ.

Ads by Sosun Fihaara

މީޑިއާ ރިޕޯޓްތައް ބުނާގޮތުން ކާބުލްގެ މިސްކިތެއް ކައިރީގައި އެއްޗެއް ގޮއްވާލަައިގެން ދިން މި ހަމަލާ ދީފައި ވަނީ ހުކުރު ނަމާދު ވަގުތާއި ދިމާކޮށް، ކާބުލްގެ ޑިޕްލޮމެޓިކް ކުއާޓަރއަށެވެ. މަންޒަރު ދުށް މީހުންނާއި ހަވާލާދީ މީޑިއާތަކުން ބުނެފައި ވަނީ ހަމަލާ ދިން ސަރަހައްދުން ގިނަ އިރު ތަކެއް ވަންދެން ކަޅު ދުމުގެ އަސަރު ފެންނަން ހުރި ކަމަށެވެ. އަދި އެ ހަމަލާގެ އިރުކޮޅެއް ފަހުން ކާބުލްގެ ޑިޕްކޮމެޓިކް ކުއާޓަރ އާއި ދިމާއިން ބަޑީގެ ހަަމަލާތަކުގެ އަޑު އިވިފައިވާ ކަމަށް ވެސް މަންޒަރު ދުށްމީހުން ވަނީ މީޑިއާތަކަށް މައުލޫމާތުދެމުން ބުނެފައެވެ.

މި ހަމަލާ ދީފައި ވަނީ ހުކުރު ނަމާދަށް ފަހު އާއްމުން މިސްކިތުން ނުކުތް ވަގުތާއި ދިމާކޮށް ކަމަށް ކާބުލްގެ ފުލުހުންގެ ސްޕޯކްސްޕަރސަން ޚާލިދު ޒަދްރަން ވަނީ ވިދާޅުވެފައެވެ. އޭނާ ވިދާޅުވީ މި ހަމަލާގައި މަރުވި މީހުންނާއި އަނިޔާވި މީހުންގެ ތެރޭގައި ހިމެމެނީ ހުސް އާއްމުން ކަމަށެވެ.

މި ހަމަލާ ދިން ސަރަހައްދަކީ ކުރީގައި ގްރީން ޒޯންއެކެވެ. މިއީ ކުރިން ބޭރު ގައުމުތަކުގެ އެމްބަސީތަކާއި ނޭޓޯގެ އޮފިޝަލުން ގާއިމުވެ ތިބި ސަރަހައްދަކަށްވީ ނަމަވެސް މިހާރު މި ސަރަހައްދު އޮތީ ތާލިބާނުންގެ ބާރުގެ ދަށުގައެވެ. މި ހަމާލެ ޒިންމާ މިހާތަނަށް އައި އިރު އެއްވެސް ބަޔަކު އުފުލާފައެއް ނުވެއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!