ޚަބަރު

ފިސްތޯލައެއް އޮތްކަމަށް ބުނި މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް ސުވާާލުކުރަނީ

އަޙްމަދު ޝިޔާރު ، ދެން އޮންލައިން

ފިސްތޯލައެއް އޮތްކަމަށް ބުނެގެން ހދ.ހަނިމާދޫން މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

Ads by STELCO

އެނގިފައިވާ ގޮތުގައި ހައްޔަރުކުރީ ހަނިމާދޫ އެއާޕޯޓުގެ މުވައްޒަފެކެވެ.

އެކަމާ ގުޅޭ ގޮތުން ސުވާލު ކުރުމުން ހަނިމާދޫ ޕޮލިސް ސްޓޭޝަންގެ އޮފިސަރަކު ''ދެން'' އަށް ވިދާޅުވީ ހަނިމާދޫ އެއާޕޯޓުން އެފަދަ މައްސަލައެއް ރިޕޯޓުކުރުމުން މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސް ސުވާލު ކުރަމުންދާ ކަމަށެވެ.

''އެއާޕޯޓުން އެފަދަ މައްސަލައެއް ރިޕޯޓުކުރުމުން މީހަކު ވަނީ ހަނިމާދޫ ޕޮލިސް ސްޓޭޝަނަށް ގެނެވިފައި. ގެނައީ ހައްޔަރަށްނުވާ ގޮތަށް ހަތަރު ގަޑިއިރަށް. ސުވާލު ކުރަމުން މިދަނީ.''

ފިސްތޯލައެއް އޮތްކަމަށް މީހަކު ބުނެފައިވަނީ ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙް މިއަދު ހަނިމާދޫ މަގުން މިއަދު ބޮޑުތިލަދުންމައްޗަށް ވަޑައިގެންފައިވަނިކޮށެވެ.

 

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!