މަޝްހޫރު ދީނީ ޢިލްމުވެރިޔާ މުފްތީ މެންކް ރާއްޖެ ވަޑައިގަންނަވަނީ
މަޝްހޫރު ދީނީ ޢިލްމުވެރިޔާ އިސްމާއީލް އިބުނު މޫސާ މެންކް އަންނަ އޮކްޓޯބަރު މަހު ރާއްޖެއަށް ވަޑައިގެންނެވުމަށް ހަމަޖެހިފައިވާާކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.
އިސްލާމިކް މިނިސްޓްރީން މިއަދު ބުނީ މުފްތީ މެންކް އަންނަ މަހު 28 ވަނަ ދުވަހުން ފެށިގެން 31 އަށް ރާއްޖެއަށް ވަޑައިގެންނެވުމަށް ހަމަޖެހިފައިވާ ކަމަށެވެ.
ޒިމްބާވްވޭ އަށް އުފަން މުފްތީ މެންކްގެ މި ދަތުރުފުޅުގައި މާލޭގެ އިތުރުން ފުވައްމުލަކު ސިޓީއާއި, އައްޑޫ ސިޓީގައި ވެސް ދަރުސް ދެއްވާނެއެވެ.
މީގެ ކުރިން އެތައް ފަހަރެއްގެ މަތިން މުފްތީ މެންކް ރާއްޖެ ވަޑައިގެން ދަރުސް ދެއްވައި, އިމާމުވެ ހުކުރު ނަމާދު ވެސް ކުރައްވާފައިވެއެވެ.
Ads by Allied Insurance