Saturday, 31 October 2026
Advertisement
Allied Insurance (leaderboard)
ޚަބަރު

‎ޑެންގޫ ޖެހިގެން ކުޑަކުއްޖަކު ނިޔާވެއްޖެ

‎ޑެންގޫ ޖެހިގެން ކުޑަކުއްޖަކު ނިޔާވެއްޖެ

ޑެންގޫ ހުމަށް ފަރުވާ ހޯދަމުން ދިޔަ ކުޑަކުއްޖަކު މިއަދު ނިޔާވެއްޖެއެވެ.

އައިޖީއެމްއެޗްގެ ކުޑަކުދިންގެ ޑޮކްޓަރު އަހްމަދު ފައިސަލް ވިދާޅުވީ ޑެންގޫ ޖެހިގެން ނިޔާވެފައި ވަނީ އުމުރުން 8 އަހަރުގެ އަންހެން ކުއްޖެއް ކަމަށެވެ.

އެ ކުއްޖާ އަކީ ޑެންގޫ ޖެހިގެން ރ. އަތޮޅުން އިތުރުފަރުވާއަށް މާލެ ގެނައި ކުއްޖެއް ކަމަށް ޑރ. ފައިސަލް ވިދާޅުވިއެވެ.

Advertisement
Allied Insurance — Square (box)

އެ ކުއްޖާގެ ކަށުނަމާދު ކުރުމަށް ހަމަޖެހިފައިވަނީ މިއަދުގެ އަސްރު ނަމާދުގެ ފަހުގައި އާސަހަރާ މިސްކިތުގައެވެ.

ކުޑަކުދިންނަށް ޑެންގޫ ހުން ޖެހޭ މިންވަރު އިތުރުވާތީ ޑރ. ފައިސަލް ވަނީ މަދިރި އާލާވުން ހުއްޓުވުމަށާއި ކުދިން ގައިގާ މަދިރި ހެފިޔަނުދިނުމަށް އިތުރަށް ސަމާލުވުމަށް އިލްތިމާސްކުރައްވާފައެވެ.

ޑެންގީ ހުންޖެހިގެން ހާލު ސީރިއަސްވާ ކުދިންގެ އަދަދު ފާއިތުވި ތިން އަހަރަށް ވުރެ މި އަހަރު ގިނަ ކަމަށާއި ގިނަ ކުދިންނަށް އައިސީޔޫގައި ފަރުވާ ދޭން ޖެހި، ލޭ އަޅަން ޖެހިފައިވާ ކަމަށް ޑރ. ފައިސަލް ވިދާޅުވެފައިވެއެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް