އެވިޑް ކޮލެޖާއި ކޮއްކޮމެން ޕްރީ ސްކޫލާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފި

އެވިޑް ކޮލެޖާއި ކޮއްކޮމެން ޕްރީ ސްކޫލާ ދެމެދު ތައުލީމީ ކަންކަމުގައި އެއްބާރުލުން ދިނުމުގެ އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.
މި އެއްބަސްވުމުގެ ދަށުން ސްކޫލްގެ މުވައްޒަފުންނަށް ހިލޭ ތަމްރީނު ދިނުމުގެ އިތުރުން ކޮލެޖްގެ ޕްރޮގްރާމްތަކުގައި ކިޔަވަން ބޭނުންވާ، މިސްކޫލްގެ މުވައްޒަފުންނަށް %15 ޑިސްކައުންޓެއް ލިބިގެންދާނެއެވެ. މީގެ އިތުރުން އެވިޑު ކޮލެޖުން މިއަދު ވަނީ ކޮއްކޮމެން ޕްރީ ސްކޫލަށް ސްކޮލަރޝިޕެއް ދީފައެވެ.
މި އެއްބަސްވުމުގައި ކޮއްކޮމެން ޕްރީ ސްކޫލްގެ ފަރާތުން ސޮއިކުރެއްވީ ސްކޫލްގެ ޗެއާމަން ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދުއެވެ. އަދި ކޮލެޖްގެ ފަރާތުން ސޮއިކުރެެއްވީ ކޮލެޖްގެ ޗެއާމަން ޢަބްދު ﷲ މުސްތާޤެވެ. މިއަދު މިކަމަށްޓަކައި ބޭއްވުނު ޚާއްޞަ ބައްދަލުވުމުގައި ދެ މުއައްސަސާގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.
މިއެއްބަސްވުމުގެ ދަށުން ކޮލެޖްގައި އާރލީޗައިޑްހޫޑް އެޑިއުކޭޝަން ދާއިރާއިން ތަޢުލީމު ޙާޞިލުކުރާ ފަރާތްތަކަށް ސްކޫލުން ތަމްރީނު ލިބިގަތުމުގެ ފުރުޞަތު ފަހިކޮށްދެވޭނެއެވެ.