ޚަބަރު ރައްޔިތުންގެ މަޖިލިސް

''ކަރުނަ ގޭހާއި ރަބަރު ބުލެޓާ ދިމާއަށް މިސްރާބުދަނީ މަގުމަތިން ސަރުކާރު ވައްޓައިލަން އުޅޭކަމަށް ބެލެވޭތީ''

އަޙްމަދު ޝިޔާރު ، ދެން އޮންލައިން
ފޮޓޯ: އަވަސް

މުޒާހަރާތަކުގައި ފުލުހުން ބާރުގެ ބޭނުންކުރަނީ މަގުމަތިން ސަރުކާރު ވައްޓައިލަން އުޅޭކަމަށް ބެލެވޭތީ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެއެވެ.

Ads by Hajj Corporation

ނަޝީދު އެހެން ވިދާޅުވީ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ޕީޕީއެމްގެ ޕާލިމަންޓްރީ ގުރޫޕުގެ ލީޑަރު, އޭދަފުށީ ދާއިރާގެ މެންބަރު އަޙްމަދު ސަލީމް ދެއްކެވި ވާހަކައަކާ ގުޅިގެންނެވެ.

މިހާރު ދެ މީހުން އެއްވިޔަސް ބަލަނީ އެއީ ޣައިރު ޤާނޫނީ އެއްވުމެއް ކަމަށް ކަމަށާއި, މުޒާހަރާ ކުރުމުގެ ފުރުސަތު ނުދޭ ކަމަށެވެ.

''މިހާރު ދެ މީހުން އެއްވިޔަސް މީ ޣައިރު ޤާނޫނީ އެއްވުމެއް. އެބަޖެހޭ މި ކަންތައް.. މަނިކުފާނަކީ [ނަޝީދަކީ] ޑިމޮކްރަސީ ބައްޕައޭ ކިޔުއްވައިގެން އުޅުއްވާ.. އަޅުގަނޑު ވެސް ގަބޫލުކުރަން ކޮންމެ ވެސް ވަރަކަށް އިނގޭތޯ. އެކަމު މިހާރު ގަބޫލު ނުކުރާ ހިސާބަށް ހިނގައްޖެ. މަނިކުފާނު މިކަމާ އުޅުއްވަނީއަކީ ނޫން އެއް ގޮތަކަށްވެސް. މި ޑިމޮކްރަސީގަ މަގު މައްޗަށް މީހުން ނުކުންނަން މުޒާހަރާ ކުރާކަށް ފުރުސަތު ދޭކަށް އުޅުއްވަނީއަކީ ނޫން'' ސަލީމް ވިދާޅުވިއެވެ.

އެ ގޮތުން ނަޝީދު ވިދާޅުވީ މުޒާހަރާ ކުރުމުގެ ވަރަށް ފުޅާ ފުރުސަތެއް ޤާނޫނުއަސާސީއާއި ޤާނޫނުތަކުން ވަނީ ލިބިދީފައި ކަމަށެވެ. ނަމަވެސް މަގުމަތިން ސަރުކާރު ބަދަލުކުރުމުގެ މަސައްކަތް ހިންގުމުގެ ފުރުސަތެއް ނުދެވޭ ކަމަށާއި, ފުލުހުން ވެސް ކަރުނަ ގޭސްފަދަ ތަކެތި ބޭނުންކުރަން ޖެހެނީ މަގުމަތިން ސަރުކާރު ބަދަލުކުރުމަށް އުޅޭކަމަށް ބެލެވޭތީ ކަމަށެވެ.

''އެފަދަ ވިސްނުމެއް އަންނަން ފެށީމާ ފުލުހުން ވެސް ކަންބޮޑުވެގެންދަނީ. އެދާ ދިއުމުގަ ކަރުނަ ގޭހަށާއި ރަބަރު ބުލެޓަށާއި މި އެއްޗެއްސާ ދިމާއަށް މިސްރާބު ދާންޖެހެނީ.''

ނަޝީދު ވިދާޅުވީ ކަނޑުމަތީގަ އުޅެންޏާ ރާޅުޖަހާނެ'' ކަމަށާއި, ''ތިޔަ ގޮތަށް ފިނޑިކަން އިސްކޮށްގެން އުޅުއްވައިފިއްޔަކާ ޙަޤީޤަތުގާ އަޅުގަނޑުމެން މިއެދޭ މިނިވަންކަމެއް އަޅުގަނޑުމެންނަކަށް ނުހޯދޭނެ'' ކަމަށެވެ.

މި ވެރިކަން އައި ފަހުން ކުރި ސުލްހަވެރި އިހުތިޖާޖުތަކުގައި ވެސް ފުުލުހުން އެކަށީގެންނުވާ ގޮތެއްގައި ބާރުގެ ބޭނުންކޮށް, ނޫސްވެރިންގެ ލޮލަށް ވެސް ކަރުނަ ގޭސްޖަހައި, ތަޅައި ހަދާފައިވާކަން ފާހަގަކޮށްލެވެއެވެ.

Ads by HDC
  1. ވ ބިރުގަނޭތަ