ތާލިބާން ހަވާލުވިފަހުން އަފްގާނިސްތާންގެ އިޤްތިޞާދު ދަނީ ދަށަށް

އަފްޣާނިސްތާނުގެ ވެރިކަމާއި ތާލިބާނުން ހަވާލުވި ފަހުން، އެ ޤައުމުގެ އިޤްތިޞާދު ދަނީ ދަށަށް ކަމަށް އދ ގެ ރިޕޯޓަކުން ދައްކައިފިއެވެ.
މިގޮތަށް ރިޕޯޓްކޮށްފައިވަނީ އދ.ގެ ޑިވެލޮޕްމަންޓް ޕްރޮގްރާމް (ޔޫއެންޑީޕީ) އިން ބުދަ ދުވަހު އާންމުކުރި ރިޕޯޓެއްގައެެވެ.
ޔޫއެންޑީޕީގެ ތަހުލީލެއްގައިވާ ގޮތުން އަންހެނުން މަސައްކަތް ކުރުން މަނާކުރުމުން އެއް ބިލިއަން ޑޮލަރު ނުވަތަ ގައުމުގެ ޖީޑީޕީގެ 5 ޕަސެންޓާ ހަމައަށް ގެއްލުން ވަނީ ލިބިފައެވެ.
މި ރިޕޯޓުގައި ތާލިބާނުންގެ އިންސާނީ ހައްގުތަކާ ހިލާފުވާ ކަންތައްތަކުގެ ކަންކަން ވެސް ވަނީ ފާހަގަކޮށްފައިވެއެވެ.
އދ ހަދާ ދޮގު ރިޕޯޓް ތާލިބާން ހަވާލުވިފަހުން އަފުއާނުގެ އިޤުތުސޯދު ރަގަޅުވަނީ މާބޮޑަށް !