ޚަބަރު

އިންޑިއާ-ރާއްޖެ ގުޅުން ވަރަށް ޚާއްސަ، އިންޑިއާގެ ތަރައްޤީގައި މުޅި ދުނިޔެ ބައިވެރި ކުރާނެ: މުނޫ މަހާވަރު

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

އިންޑާއާއި ރާއްޖޭގެ ގުޅުމަކީ ވަރަށް ޚާއްސަ ގުޅުމެއް ކަމަށާއި މި ގުޅުމަކީ ސީދާ މި ޤައުމުގެ ރައްޔިތުންނާއި އިންޑިއާގެ ރައްޔިތުންގެ ޒަމާންވީ ތާރީޚީ އަދި ޘަޤާފީ ގުޅުމެއް ކަމަށް އިންޑިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މުނޫ މަހާވަރު ވިދާޅުވެއްޖެއެވެ.

Ads by STELCO

"ރާއްޖެއަކީ އިންޑިއާއިން ގެންގުޅޭ އަވައްޓެރިން ފުރަތަމަ ސިޔާސަތުގެ ދަށުން ޚާއްސަ މަޤާމެއް ދެވިފައިވާ ޤައުމެއް. ރާއްޖެއާއި އިންޑިއާއާ ދެމެދު އެކި ރޮނގުރޮނގުން މަޝްރޫއުތައް ހިންގޭނެ ޖާގަ އެބައޮތް. މަސްވެރިކަމުގެ ދާއިރާ، ސިއްހީ ދާއިރާ، ދެމެހެއްޓެނިވި ހަކަތައިގެ ދާއިރާ، ޓެކްނޮލޮޖީ ދާއިރާ، މިހެން ގޮސް ނަން ހުސްކޮށް" ދައުލަތުގެ މީޑިއާއިން ގެނެސްދިން ޕްރޮގްރާމެއްގައި ވާހަކަފުޅު ދައްކަވަމުން މުނޫ މަހާވަރު ވިދާޅުވިއެވެ.

އޭނާ އިތުރަށް ވިދާޅުވީ، ރާއްޖެއަކީ އިންޑިއާގެ އަވައްޓެރި ޤައުމަކަށް ވުމާއެކު، މިއަދު ރާއްޖެއަށް ދިމާވެފައިވާ ގޮންޖެހުންތައް އިންޑިއާއަށް ވެސް ދިމާވާ ކަމަށާއި، އެކުގައި މަސައްކަތްކޮށް މިކަން ހުރަސްކުރަން ފަސޭހަވަނީ މިހެންވުމުގެ ސަބަބުން ކަމަށެވެ.

"އިންޑިއާ ކަނޑުގެ ސަލާމަތްތެރިކަމަކީ އަޅުގަނޑުމެން ޚާއްސަ ސަމާލުކަމެއް ދޭކަމެއް" މުނޫ މަހާވަރު ވިދާޅުވީ، ސެކިއުރިޓީގެ ކަންމުގައި ދެ ޤައުމުން ވެސް ގެންގުޅެމުން އަންނަނީ އެއް ސިޔާތެއް ކަމަށެވެ.

މުނޫ މަހާވަރު ވިދާޅުވީ، އިންޑިއާއިން ޤަބޫލު ކުރާ ގޮތުގައި، އިންޑިޔާގެ ތަރައްޤީ އަކީ ދުނިޔޭގެ އެހެން ޤައުމުތަކާ ވަކިކުރެވޭނެ ކަމެއް ނޫން ކަމަށެވެ. މިހެންވެ، އެކުވެރި ޤައުމުތަކާއި ޕާޓްނަރުންނާއެކު، އިންޑިއާއިން ތަރައްޤީގެ މަޝްރޫއުތައް ހިންގަމުން އަންނަ ކަމަށް ވިދާޅުވިއެވެ.

Ads by Ooredoo
  1. މޯދީގެ ސިޔާސަތު ރަގަޅެއްނޫން،އިންޑިޔާގެ ޤާނޫނުއަސާސީގައި އިންޑިޔާއަކީ ސެކިއުލާ ޤައުމެއް ވަކި މަޒުހަބަކަށް ތަބާވާ ޤައުމެއްނޫން އެހެނަސް މޯދީގެ ސިޔާސަތަކީ ހިންދީ މަޒުހަބު ކުރިއެރުވުން ! އެއީ އިންޑިޔާގެ ތަރައްޤީއަށް އެޅޭ ހުރަހެއް !

  2. އެންމެ ފަހުން ގޮސް މީނާ ޤައުމީ ޗެނަލަށްވެސް އަރަން މިފެށީ ކިހާވަރަކަށް އަޅުވެތި ވެގެންބާ !