ޚަބަރު

މުފްތީ މެންކް މި މަހު 28 ވަނަ ދުވަހު އިސްލާމީ މަރުކަޒުގައި އިމާމުވެ ހުކުރުކުރައްވާނެ

ރައުފާ ރަޝީދު ، ދެން އޮންލައިން

މަޝްހޫރު ދީނީ އިލްމުވެރިޔާ މުފްތީ މެންކް ރާއްޖެއަށް ކުރައްވާ ދަތުރުފުޅުގައި މި މަހު 28 ވަނަ ދުވަހު އިސްލާމީ މަރުކަޒުގައި އިމާމުވެ ހުކުރުކުރައްވާނެ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ.އަޙްމަދު ޒާހިރު ވިދާޅުވެއްޖެއެވެ.

Ads by Hajj Corporation

މިނިސްޓަރ ވިދާޅުވީ އެ ދުވަހުގެ ހުތުބާގެ މައުޟޫއަކީ "ﷲ ސުބްހާނަހޫ ވަތައާލާ އާއި އޮންނަ ގުޅުން އިޔާދަކޮށްލާ" ކަމަށެވެ.

ގިނަ ބައެއްގެ މަޤުބޫލުކަން ހޯދާފައިވާ މަޝްހޫރު ދީނީ ޢިލްމުވެރިޔާ މުފްތީ މެންކް ރާއްޖެ ވަޑައިގެންނެވުމަށް ހަމަޖެހިފައިވަނީ މިމަހުގެ 28 ވަނަ ދުވަހުއެވެ. އަދި އޭނާގެ ފުރަތަމަ ދަރުސް އޮންނާނީ މިމަހުގެ 28 ވަނަ ދުވަހު މާލޭ ކާނިވާ ސަރަޙައްދުގައެވެ. އަދި 29 ވަނަ ދުވަހު ފުވައްމުލައް ސިޓީގައި އަދި 30 ވަނަ ދުވަހު އައްޑޫ ސިޓީގައި ދަރުހެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މީގެއިތުރަށް މިމަހުގެ 31 ވަނަ ދުވަހު ހުޅުމާލޭގައި ދަރުސް ބޭއްވުމަށްވެސް މިހާރު ވަނީ ހަމަޖެހިފައެވެ.

ރާއްޖެއަށް ކުރައްވާ މި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މެންކް ރާއްޖެއިން ފުރާވަޑައިގަތުމަށް ހަމަޖެހިފައިވަނީ ނޮވެމްބަރުމަހުގެ 1 ވަނަ ދުވަހުގައެވެ.

މުފްތީ މެންކް އެންމެފަހުން ރާއްޖެ ވަޑައިގަތީ 2020 ވަނަ އަހަރުއެވެ. އެ ދަތުރުގައި ހދ.ކުޅުދުއްފުށީގައި އޭނާ ދަރުސް ދެއްވިއެވެ. އޭގެކުރިން 2016 ވަނަ އަހަރާއި 2015 ވަނަ އަހަރުވެސް ރާއްޖެ ވަޑައިގެން އެކި މައުލޫތަކަށް ދީނީ ދަރުސް ދެއްވިއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!