ރައްޔިތުންގެ މަޖިލިސް

އައުޓް ޑޯ ޖިމް ރާއްޖެއަށް ކަމަކު ނުދޭ: މަޙްލޫފް

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ރާއްޖޭގެ ގިނަ ރަށްރަށުގައި ހުންނަ އަައުޓް ޑޯ ޖިމްތަކަކީ ރާއްޖޭގެ މާހައުލާ ނުގުޅޭ ޖިމްތަކެއް ކަމަށް ސްޕޯޓްސް މިނިސްޓަރު އަޙްމަދު މަޙްލޫފް ވިދާޅުވެއްޖެވެ.

Ads by STELCO

މަޙްލޫފް މިހެން ވިދާޅުވީ، މިއަދު މަޖިލީހަށް ހާޒިވެ، މެންބަރުންގެ ސުވާލުތަކަށް ޖަވާބު ދެއްވަމުންނެވެ.

މަޙްލޫފް ވިދާޅުވީ، އައުޓް ޑޯ ޖިމްއަކީ ރަނގަޅު ކޮންސެޕްޓެއް ކަމުގައި ވިޔަސް ރާއްޖޭގެ މާހައުލަށް އެ ކޮންސެޕްޓް ކަމުނުދާ ކަމަށެވެ. ސަބަބެއްގެ ގޮތުގައި ވިދާޅުވީ ލޮނުގެ އަސަރު ކުރުމުން ޖިމްގެ ސާމާނުތައް ބަލަހައްޓަން އުދަނގޫވުމެވެ.

މަޙްލޫފް ވިދާޅުވީ، މިހާރު ވިސްނުން ހުރީ އިންޑޯ ޖިމަށް ކަމަށާއި މި އަހަރު ނިމުމުގެ ކުރިން 9 ރަށަކަށް ޖިމްގެ ސާމާނު ފޯރުކޮށްދޭނެ ކަމަށެވެ.

އިންޑޯ ޖިމް ހެދުމަށް ސަރުކާރުގެ ވިސްނުން ހުރިކަން ފާހަގަ ކުރައްވަމުން މަޙްލޫފް ވިދާޅުވީ، އަންނަ އަހަރު އައުޓްޑޯ ޖިމް ގާއިމުކުރުމަށް ބަޖެޓު ކުރެވިފައިވާ ރަށްރަށުގެ ތެރެއިން އިންޑޯ ޖިމަށް ބަދަލުކުރަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ދޭނެ ކަމަށެވެ. އެކަން ކުރާއިރު އިންޑޯ ޖިމް ގާއިމުކުރުމަށް ބޭނުންވާނެ އިމާރާތެއް ހުރުމަކީ އެކަން ކުރުމަށް ފަސޭހަވެގެންދާނެ ކަމެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

Ads by Ooredoo
  1. ޢަލީ ޢާމިރު

    މީހަކު މޮޔަވެދާނެ، ހުރިހާރަށެއްގައި ޖިމް އަޅާނިމުނީމަަތަ ތިކަމެއް އެނގެނީ، ޒިންމާދާރުކަމުގެ އިންތިހާ، ބަލަ ތިވަރުގެބޮޑު ހަރަދެއްކޮށްފަ ކަމެއް ފެށުމުގެކުރިން ދިރާސާއެއް ކުރާކަށް ނުޖެހޭތަ، ބެލެވެނީ ބަޔަކަށް ލާރިގަނޑެއް ދޭންވެގެން ހިންގި ޕޮރޮޖެކްޓެއް ކަމަށް