އާންމުންނަށް ޓީބިލަށް އިންވެސްޓްކުރެވޭ ގޮތް ހަދަނީ
ޓްރެޒަރީ ބިލަށް އާންމު ރައްޔިތުންނަށްވެސް އިންވެސްޓްކުރެވޭ ގޮތަށް ހުޅުވާލާނެ ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވިދާޅުވެއްޖެއެވެ.
މިއަދުގެ ޖަލްސާގައި މެމްބަރަކު ކުރެއްވި ސުވާލަށް ޖަވާބު ދެއްވަމުން އަމީރު ވިދާޅުވީ ޓްރެޒަރީ ބިލް އިޝުއަރެންސްގެ މަސައްކަތްތައް މިހާރު ކުރިއަށް ގެންދަނީ މިނިސްޓްރީ އޮފް ފިނޭންސުން ކަމަށެވެ.
އަމީރު ވިދާޅުވީ މިއަހަރު ނިމުމުގެ ކުރިން ސީއެސްޑީ ޕްރޮޖެކްޓް ނިންމާލެވޭނެ ކަމަށް މައުލޫމާތު ލިބިފައިވާ ކަމަށެވެ. އަދި ސެކަންޑަރީ މާކެޓަށް އާންމު ރައްޔިތުންނަށްވެސް އިންވެސްޓްކުރުމުގެ ފުރުސަތުތައް ހުޅުވާލެވޭނެ ކަމަށްވެސް އަމީރު ވިދާޅުވިއެވެ.
ދާދި ފަހުން ޓްރެޒަރީ ބިލްގެ ގޮތުގައި ސަރުކާރުން 2.2 ބިލިއަން ރުފިޔާ ވިއްކާފައިވާ ކަމަށް ފިނޭންސް މިނިސްޓްރީން ވަނީ ހާމަކޮށްފައެވެ.
މިނިސްޓްރީން ވިދާޅުވީ ޓީބިލް ވިއްކުމަށް ފިނޭންސް މިނިސްޓްރީން ހަފުތާއަކު އެއް ފަހަރު ހުޅުވައިލާއިރު، ސަރުކާރުގެ ކޭޝް ފްލޯ ހަމަޖެއްސުމަށް ޓީބިލް އާންމު ގޮތެއްގައި ވިއްކަނީ ޕެންޝަން ފަންޑާއި ބައެއް ބޭންކްތަކާއި ސަރުކާރު ހިއްސާވާ ބައެއް ކުންފުނިތަކާއި އަމިއްލަ ކުންފުނިތަކަށް ކަމަށެވެ.
ކޮންމެވެސް ގޮތަކަށް ނާޖާއިޒު މަންފާތަކެއް ނެގޭތޯ ރާވާރޭވުންތައް މިފެންނަނީ. މިކަމުންވެސް އަމިއްލަ ބާލިހަށް ބަންޑާރަކަފަލުމުގެ ސިޔާސަތު މެކުހަށްޖަހައި ސިޔާސަތުތައް ވަށްކުރަމުން މިދަނީ.