ޚަބަރު

ރޮޒައިނާ އާއި ސައީދު، އެމްޑީޕީ މެމްބަރުންނަށް ބިރު ދައްކާ: ބޮންޑެ

ރައުފާ ރަޝީދު ، ދެން އޮންލައިން

އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް އަދި ފެނަކަައިގެ މެނޭޖިން ޑިރެކްޓަރު އަހުމަދު ސައީދު ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީ މެމްބަރުންނަށް ބިރު ދައްކަމުން ގެންދާކަމަށް ރައްޔިތުންގެ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު ބޮންޑެ ވިދާޅުވެއްޖެއެވެ.

Ads by Hajj Corporation

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ހެއްކާ ބެހޭ ބިލުގެ ބަހުސްގައި ވާހަކަ ދައްކަވަމުން ބޮންޑެ ވިދާޅުވީ މަޖިލީހުގެ މެމްބަރުން ތިބޭ ވަކި ވަޓްސްއަޕް ގްރޫޕެއް ހަދައިގެން އުޅޭ ކަމަށާއި މަޢުލޫމާތު ލިބިފައިވާ ގޮތުގައި އެ ގްރޫޕުގައި އިސްކޮށް ހުންނަވަނީ ރޮޒައިނާ އަދި ސައީދު ކަމަށެވެ.

ރޮޒައިނާ އަދި ސައީދު މެމްބަރުންނަށް ބިރު ދައްކާ ކަމަށް ތުހުމަތު ކުރައްވަމުން ބޮންޑެ ވިދާޅުވީ ދާއިރާގެ ވަޒީފާގެ ބިރާއި، އަދި އެހެނިހެން ކަންތައްތަކަށްވެސް މި ދެ މެމްބަރުން ބިރު ދައްކަވަމުން ގެންދަވާ ކަމަށެވެ.

“އަޅުގަނޑަށް ހަމަ ޔަގީން ކަށަވަރުވާ ކަމެއް މެމްބަރުންނަށް އެބަ ބިރު ދައްކާ. އަޅުގަނޑަށް މަޢުލޫމާތު ލިބިފަވާ ގޮތުގަ ވަކި ވަޓްސްއަޕް ގްރޫޕެއް ހަދައިގެން އެ ގްރޫޕުގަ އިސްކޮށް އިންނަނީ ފެނަކަ ސައީދު ކަމަށް ވަނީ. ދެން ރޮޒައިނާ. ސައިދާ ރޮޒައިނާ އެބަ ބިރު ދައްކާ އަޅުގަނޑުމެންގެ މެމްބަރުންނަށް. ދާއިރާގެ ވަޒީފާތަކެއްވެސް ނުދޭނަމޭ، ކަނޑާލާނަމޭ، އިންޖީނުގެވެސް ނާޅަދޭނަމޭ” ބޮންޑެ ވިދާޅުވިއެވެ.

ބޮންޑެ ވިދާޅުވީ މިފަދައިން ކަންތައް ކުރުމުން އެންޑީޕީ ބަދުނާމުވާ ކަމަށާއި ޕާޓީގެ ހަމަތައް ގެއްލިގެންދާ ކަމަށެވެ. އަދި ބަދުނާމުވަނީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިހާއި މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ކަމަށްވެސް ބޮންޑެ ވިދާޅުވިއެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!