Friday, 6 November 2026
Advertisement
Allied Insurance (leaderboard)
ޚަބަރު

ފުލުހުންގެ އިހުމާލެއް އޮތްނަމަ ފިޔަވަޅު އަޅާނަން: އިމްރާން

ފުލުހުންގެ އިހުމާލެއް އޮތްނަމަ ފިޔަވަޅު އަޅާނަން: އިމްރާން

ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި މީހަކު މަރުވުމުގައި ފުލުހުންގެ އިހުމާލެއް އޮތްނަމަ ފިޔަވަޅު އަޅާނެ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

މިއަދު ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި މީހަކު، މެޔަށް ތަދެއް އަރައި، ފިޓް ޖެހުން ފަދަ އަލާމާތްތަކެއް ފެނުމާ ގުޅިގެން ގދ. މަޑަވެލި ހެލްތް ސެންޓަރަށް ގެންގޮސްފައިވެއެވެ. އޭނާ ހެލްތް ސެންޓަރަށް ގެންދިޔައިރު ވެސް ނިޔާވެފައިވާ ކަމަށް ފުލުހުން ވިދާޅުވިއެވެ.

މި މައްސަލައާ ގުޅިގެން މިނިސްޓަރ އިމްރާން ވިދާޅުވީ ކުށުގެ ތުހުމަތުގައި ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓާ މީހަކު ނިޔާވެފައިވާތީ އެކަން ކަމާބެހޭ ފަރާތްތަކުން މިހާރު ބަލަން ފަށައިފައިވާ ކަމަށެވެ.

Advertisement
Allied Insurance — Square (box)

https://twitter.com/shimranab/status/1584917677378011139?s=46&t=27G1Ua-HSS17QCAL0fYl8A

އިމްރާން ވިދާޅުވީ މި މައްސަލާގައި ފުލުހުން އިހުމާލުވެފައިވާ ކަމަށް ނުވަތަ އަނިޔާވެރި އަމަލެއް ހިންގާފައިވާ ކަމަށް ތަހުގީގަށް ސާބިތުވެއްޖެނަމަ އެކަމާ ގުޅިގެން އަޅަންވާ ފިޔަވަޅު އެޅުމަށް ފަސް ނުޖެހޭނެ ކަމަށެވެ.

 

 

 

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް