މި ގައުމުގެ ސިޔާދަތީ ބާރާމެދު ރައީސް ޞާލިޙް ކަންބޮޑެއް ނުވޭ، ކަންބޮޑުވަނީ މޮރިޝަސްގެ ސިޔާދަތީ ބާރާމެދު: ރައީސް ޔާމީން
ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ކަންބޮޑުވަނީ މޮރިޝަސްގެ ސިޔާދަތީ ބާރާ މެދުު ކަމަށާއި ރާއްޖޭގެ ސިޔާދަތީ ބާރާ މެދު ކަންބޮޑުނުވާ ކަމަށް އިދިކޮޅު ރިޔާސީ ކެނޑިޑޭޓް ރައީސް ޔާމީން އަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިފަދައިން ވިދާޅުވީ ނޫނު އަތޮޅުގެ ބައެއް ރަށްތަކަށް ވަޑައިގަތުމަށް ފެށްޓެވި ދަތުރުފުޅުގައި މަގޫދޫއަށް ވަޑައިގެން އެ ރަށު ރައްޔިތުންނާ މުޚާޠަބު ކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.
ރައީސް ޔާމީން ވިދާޅުވީ ޗާގޯސް މައްސަލައިގައި ސަރުކާރުން ޖަވާބުދާރީވެފައި ނުވާ ކަަމަށެވެ. އަދިމި ސަރުކާރުން ތެދުބަހުން އެއްވެސް ވާހަކައެއް ނުދައްކާ ކަމަށާއި މި ގައުމުގެ ސަލާމަތައް ނުރައްކާވަމުންދާ ކަމަށެވެ. އެއީ ރައީސް ޞާލިޙް ވެރިކަމުގައި ހުންނެވުމުން ކަމަށާއި ރާއްޖެ އެހެން ބައެއްގެ އަޅުވެތިކަމަށް ދާތަން ފެންނަން ބޭނުންނުވާ ކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.
“އަޅުގަނޑު މިއަދު ހުރިހާ ރައްޔިތުންނަށް މި ދަންނަވާލަނީ މި ގައުމުގެ ސަލާމަތައް ނުރައްކާ ވަނީ ރައީސް ޞާލިޙް ވެރިކަމުގަ ހުރީމަ. އެނޫން އެހެން އެއްވެސް ކަމެއް ނޫން. އޭނަ ވެރިއަކަށް ހުންނަވައިގެން ހުރިހާ ކަމެއް ނިމިގެން މިދަނީ” ރައީސް ޔާމީން ވިދާޅުވިއެވެ.
ދެން ކިޔާ ތިހެން! ކާމިޔާބުވޭތޯ!!!