ޚަބަރު

މި ސަރުކާރުން މަސައްކަތް ކުރަނީ ހަމައެކަނި ވޯޓަކަށް ނޫން: މަހްލޫފް

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

މި ސަރުކާރުން ރަށެއްގެ އާބާދީއަށް ބެލުމަށްފަހު، އެރަށެއް ޚިދުމަތްތަކުން މަޙްރޫމް ކުރުމުގެ ސިޔާސަތެއް ނުގެންގުޅޭނެ ކަމަށް މިނިސްޓަރ އޮފް ޔޫތް އެންޑް ސްޕޯޓްސް އަހްމަދު މަހްލޫފް ވިދާޅުވެއްޖެއެވެ.

Ads by Hajj Corporation

މަހްލޫފް މިހެން ވިދާޅުވީ، ނ. މަގޫދޫ ކައުންސިލް ބައި-އިލެކްޝަންއާ ދިމާކޮށް ރޭ އެ ރަށުގައި ބޭއްވި ޖަލްސާގައި ވާހަކަދައްކަމުންނެވެ.

މަހްލޫފް ވިދާޅުވީ މި ސަރުކާރަށް މުހިންމީ ހަމައެނި ވޯޓް ނޫން ކަމަށާއި ރައްޔިތުން މަޤާމު ހަވާލުކުރީ ތަފާތު ކުރުމެއްނެތި ޚިދުމަތްކުރަން ކަމަށާއި ކުރަމުންދަނީ އެކަން ކަމަށެވެ.

"ހަމަ ބުނާނެ ކީއްވެގެންހެއްޔާ މަޙްލޫފް ގޮސް، ކުޑަކުޑަ އާބާދީއެއްގައި ފުޓްބޯޅަ ދަނޑު އަޅައިދީ ފުޓްސަލް ދަނޑު އަޅައިދީ، ވޮލީ ބޯޅަ ދަނޑު ތަރައްޤީ ތިކޮށްދެނީ" މަޙްލޫފް ވިދާޅުވީ، ބޮޑު އާބާދީއަކުން ގިނަ ވޯޓް ލިބުނަސް، މި ސަރުކާރުން ތަފާތުކުރުން ނުގެންގުޅޭނެ ކަމަށެވެ.

"އާބާދީ ކުޑަ ވެގެން، ރަށެއް ކުޑަވެގެން ބާކީ ނުކުރާނެކަން މިރަށުގެ ލޮބުވެތި ރައްޔިތުން ޤަބޫލު ކުރައްވާނެ"

Ads by Ooredoo
  1. ޢަހަންޟަ

    ތީ ރީލޯޑް ކުރެވޭ މީހެއް . ޥަރަށް ފައްސަެހައިން ރީލޯޑް ކިރެވޭނެ. މީނާ ފައްކާވާހަކަ ޤަބޫލުނުކުރޭ. ޤައުމުގެ ބައެއް ވިއްކާލި އިރު މީނާ ހުރީ މިނިސްޓަރަށް

  2. މުޖުތާޒު

    މިސަރުކާރުން މަސައްކަތްކުރަނޫ ހަމައެކަނި ވޯޓަށް ދެންމަސައްކަތް ކުރާނެ އެހެން އެއްޗެށްނޯންނާނެ އޮތަސް ނުލިބޭނެ.