ކުޅިވަރު

އެއް ސީޒަނެއްގައި ޔުވެންޓަސްއަށް އެންމެ ގިނަ ގޯލް ކާމިޔާބު ކޮށްދިން ކުޅުންތެރިއަކަށް ރޮނާލްޑޯ!

ޢާލިމް އަބްދުއްލަތީފް ، ދެން އޮންލައިން

މި ސީޒަނުގައި ޔުވެންޓަސްއަށް ޖުމްލަ 37 ލަނޑު ކާމިޔާބު ކޮށްދީ ކްރިސްޓިއާނޯ ރޮނާލްޑޯ އެ ޓީމުގެ ރިކޯޑެއް މުގުރާލައިފިއެވެ.

Ads by STELCO

80 އަހަރަށްވުރެ ވެސް ގިނަ ދުވަސްވެފައިވާ މި ރިކޯޑް އޭނާ މުގުރާލީ މިރޭ ޗެމްޕިއަންސް ލީގުގެރައުންޑް އޮފް 16” ގައި ލިޔޯން އާއި ދެކޮޅަށް ޖެހި ދެ ގޯލާއިއެކުގައެވެ. އެގޮތުން 37 ގޯލާއެކު އެއް ސީޒަނެއްގައި ޔުވެންޓަސްއަށް އެންމެ ގިނަ ގޯލް ކާމިޔާބު ކޮށްދިން ކުޅުންތެރިއަކަށް ރޮނާލްޑޯ މިވަނީ ވެފައެވެ.

ރޮނާލްޑޯ މި ސީޒަނުގައި ޔުވެންޓަސް އަށް ޖަހާދީފައިވާ 37 ގޯލުގެ ތެރެއިން 31 ގޯލް ކާމިޔާބު ކުރީ އިޓަލީގެ ސީރީއޭ ގައެވެ. އަދި ހަމަ އެހެންމެ ޗެމްޕިއަންސް ލީގުގައި 3 ގޯލް ޖަހާފައިވާއިރު ވިކްޓޯރިއަސް ކޮޕާ އިޓަލިއާ ކެންޕެއިންގައި ރޮނާލްޑޯވަނީ ޔުވެންޓަސް އަށް 2 ގޯލް ކާމިޔާބު ކޮށްދީފައެވެ. މި ރިކޯޑް އޭނާ މުގުރާލައިފައި ވާއިރު އޭނާގެ އުމުރަކީ 35 އަހަރެވެ.

މި ރިކޯޑަކީ 80 އަހަރު ވަންދެން ޔުވެންޓަސްގެ ލެޖެންޑަރީ ކުޅުންތެރިއެއް ކަމަށްވާ ފެލައިސް ބޮރެލްގެ އަތުގައި އޮތް ރިކޯޑެކެވެ. އޭނާ މި ރިކޯޑް ހަދާފައިވަނީ މީގެ 87 އަހަރު ކުރިން 1933 ވަނަ އަހަރުއެވެ. އެގޮތުން އެ ސީޒަނުގައި އޭނާ ޖަހާފައިވަނީ 36 ގޯލެވެ. އޭނާ މި ރިކޯޑް މުގުރާލި އިރު އުމުރަކީ 34 އަހަރެވެ.

ކްރިސްޓިއާނޯ ރޮނާލްޑޯ އަކީ ޔޫއެފާ ޗެމްޕިއަންސް ލީގުގައި އެންމެ ކާމިޔާބު ކުޅުންތެރިޔާކަން ފާހަގަ ކޮށްލެވެއެވެ. އެގޮތުން ރޮނާލްޑޯ ވަނީ 5 ފަހަރު ޗެމްޕިއަންސް ލީގު ކާމިޔާބު ކޮށްފައެވެ. އަދި ޗެމްޕިއަންސް ލީގުގައި އެންމެ ގިނަ ގޯލް ޖެހި ކުޅުންތެރިޔާ އަކީ ވެސް ދުނިޔެ މިހާތަނަށް ދުށް އެންމެ މޮޅު އެއް ފުޓުބޯޅަ ކުޅުންތެރިޔާ ރޮނާލްޑޯއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!