ބަރަހަނާ ވެގެން ކާރަކަށް ހުރަސް އެޅި މީހަކަށް ބޮޑު ލަނޑެއް
މަގުމަތީގެ ދަތުރުތަކަކީ އާންމުކޮށް ހިތް ފަސޭހަ ކަމާއެކު ކޮށްލެވޭ ކަމެކެވެ. ތިމާ ދާން ބޭނުންވާ މަންޒިލަށް ދަނީ ޚާއްޞަ ކަމެއް ކުރިމަތި ނުވެއެވެ. ނަމަވެސް ، ބައެއް ފަހަރު ދިމާވާ ކަންކަމަކީ ޤަބޫލުކުރަން ވެސް ދަތި ކަންކަމެވެ.
މިފަހަރު ޔޫރަޕުގެ ގައުމެއްގައި ޑްރައިވަރަކަށް ކުރިމަތިވެފައި މިވަނީ ވަރަށް އާދަޔާޚިލާފު ކަމެކެވެ. މިކަން ހިނގިގޮތުގެ ވީޑިއޯއެއް މިހާރު ވަނީ މީސް މީޑިއާގައި އާންމުވެފައެވެ. މި ވީޑިއޯއިން ފެންނަ ގޮތުގައި ބަރަހަނާ ހާލުގައި ހުރެ ހިނގަމުން ދިޔަ މީހަކު ވަނީ އެކި މީސްމީހުންނަށް އުނދަގޫ ކޮށްފައެވެ.
މިމީހާ އެންމެ ފަހުން ކާރެއްގެ ކުރިމަތީގައި ހުއްޓި އެކާރަށް ހުރަސް އެޅުމުން ޑްރައިވަރު ވަނީ އޭނާއަށް ބޮޑު “ހަދިޔާ”އެއް ދީފައެވެ.އެގޮތުން ކާރުން ފައިބާ ބަރަހަނާ ހާލުގައި ހުރި ފިރިހެން މީހާގެ ގައިގައި ޑްރައިވަރު ވަނީ ވަރަށް ބާރަށް ޖަހާފައެވެ. އޭނާގެ މޫނު މަތީގައި ޖަހާތަން މިވީޑިއޯގައި ފެންނަ އިރު އޭނާ ވަނީ ޖެހިލެއް ބާރު ކަމުން ހުރި ތަނަށް ތިރިވެފައެވެ.
މި ވީޑިއޯ ކުރަމުން ދިޔަ މީހުން ހޭ އަޑު ވީޑިއޯ ނިމެންދެން އިވެއެވެ. އަދި ހަމަ އެހެންމެ މަގުމަތީގައި ތިބި އެންމެންގެ ނަޒަރުވެސް އެދިމާލަށް ހުއްޓިފައިވާތަން މި ވީޑިއޯ އިން ފެނެއެވެ.
މި ވީޑިއޯ އަކީ ޔޫކްރޭންގެ ހިސާބެއްގައި ނަގާފައިވާ ވީޑިއޯއެއް ކަމަށް ބެލެވެއެވެ.އަދި މިހާތަނަށް މި މައްސަލައިގައި އެއްވެސް މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ނުވާކަމަށް މީޑިއާ ރިޕޯޓްތައް ބުނެއެވެ.
މިވެސް ޚަބަރެއްތަ
މި ޙަބަރު ލިޔުނުމީހާ އަށް ވަރަށް ހިތްފަސޭހަ ކަމަކަށް ވަނީ މަގުމަތީގައި ދަތުރު ކޮށްލުން. މަށަށް ވަނީ ބޮޑު ދުއްޕާނަކަށް.
ދެންއޮވެބަލަ ގޭގަ ކިހާދުވަހަކު އޮވެވޭތޯ