Thursday, 5 November 2026
Advertisement
Ooredoo — Article-Top (leaderboard)
ޚަބަރު

އިޙްތިޖާޖުގެ ބައިވެރިން ދުލެއް ނުދިން، ސިޔާދު ޤާސިމް މާންދުއަށް

އިޙްތިޖާޖުގެ ބައިވެރިން ދުލެއް ނުދިން، ސިޔާދު ޤާސިމް މާންދުއަށް

ހޮރައިޒޮން ފިޝަރީޒް އިން ހިންގަމުން އަންނަ ލ. މާންދޫގައި މަސްވެރިން ކުރަމުން އަންނަ އިޙްތިޖާޖު ކޮޅުން ނުލައި، ވިލާ ގުރޫޕުގެ ޗީފް އެގްޒެކެޓިވް އޮފިސާ (ސީއީއޯ) އިބްރާހީމް ސިޔާދު ގާސިމް މާންދުއަށް ވަޑައިގަންނަވާ ގޮތަށް ހަމަޖެހިއްޖެއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ސިޔާދު ޤާސިމް މިއަދުގެ ހަވީރުގެ ވަގުތެއްގައި މާންދުއަށް ވަޑައިގަންނަވާނެއެވެ.

ހޮރައިޒޮން ފިޝަރީޒްއިން މަސްވެރިންނަށް ދޭން ޖެހޭ ފައިސާ ނުދީގެން ކުރަމުން އަންނަ އިޙްތިޖާޖްގައި 300އެއްހައި މަސްވެރިން ވަނީ ބައިވެރިވެފައެވެ.

Advertisement
Ooredoo — Square (box)

https://dhen.mv/167081

ތ.އަތޮޅު އަދި ލ.އަތޮޅުގެ ގިނަ މަސްވެރިން ބައިވެރިވާ މި އިޙްތިޖާޖު ފަށައިފައި އިއްޔެ މިއަދު ހެނދުނު 8 ޖެހިއިރުގައެވެ. މި އިހްތިޖާޖު 8އިން ފެށިގެން މިއަދު އިރުއޮއްސި 6އާ ހަމައަށް ވަނީ ކުރިޔަށް ގެންގޮސްފައެވެ. އަދި މިއަދު ހެނދުނު އަނެއްކާ ވެސް އިޙްތިޖާޖު ވަނީ ކުރިޔަށް ގެންގޮސްފައެވެ. އިޙްތިޖާޖުގެ ތެރެއިން ފުލުހުންނާ ކުރިމަތި ލުމެއް ހިނގާފައިވާއިރު، ފުލުހުން ވަނީ ޕެޕަރ ސްޕްރޭ ޖަހާފައެޗެ.

މި އިޙްތިޖާޖު ކުރަމުން ދިޔަ ފަރާތްތަކުން ވަނީ މާންދޫގެ އޮޕަރޭޝަން ހުއްޓުވައި، ފައިސާ ލިބުމުން ނޫނީ އޮޕަރޭޝަން ނުފެށޭނެ ކަމަށް ބުނެފައެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް