Friday, 6 November 2026
Advertisement
MWSC — SmartMeter (leaderboard)
ޚަބަރު

ހަރުކަށި ފިކުރުގެ 4,000 ޕޭޖް ރާަައްޖޭގައި ހިންގާ: ސީޕީ

ހަރުކަށި ފިކުރުގެ 4,000 ޕޭޖް ރާަައްޖޭގައި ހިންގާ: ސީޕީ

ހަރުކަށި ފިކުރު އަދި ހޭޓް ސްޕީޗް ރާއްޖޭގައި ފަތުރާ 4,000 އަށްވުރެ ގިނަ ސޯޝަލް މީޑިއާ ޕްލެޓްފޯމް ރާއްޖޭގައި ހިންގާ ކަމަށް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވެއްޖެއެވެ.

ހޯމް މިނިސްޓްރީއާއި ފުލުހުން އަދި ކަރެކްޝަނަލް ސާރވިސް ގުޅިގެން، ހޯމް ސެކްޓަރގެ މަސައްކަތްތަކާއި ގުޅޭގޮތުން މަޢުލޫމާތު ދިނުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން، ކޮމިޝަނަރ ޙަމީދު ވިދާޅުވީ އިންޓަނެޓްގެ އެކި ޕްލެޓްފޯމްތަކުގައްޔާއި ގްރޫޕުތަކުގައި ހަރުކަށި ފިކުރާ ބެހޭ މައުލޫމާތުތައް ފެތުރުމާއި އެކި ކަހަލަ ހަމަލާތައް ރާވާނެ ގޮތްތައް ދަސްކޮށްދެމުންދާ ކަމަށެވެ.

“ބޭރުގެ އޮންނަ ޓެރަރިސްޓް ޖަމާއަތްތަކާ ގުޅިގެން މަސައްކަތް ކުރަނީ ވަރަށް ބޮޑަށް ޑިޖިޓަލް އެންވާރަމެންޓް ތެރޭގައި" ހަމީދު ވިދާޅުވިއެވެ.

Advertisement
Allied Insurance — Square (box)

މިކަންކަން ހުއްޓުވުމަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލާން ޖެހުނު ނަމަވެސް ފާއިތުވި އަހަރުތަކުގެ ތެރޭގައި މި ކަންތައްތައް ބަލައިފައިވާ ކަމަށާއި އެ މައްސަލަތަކުގައި ވަރަށް ބޮޑެތި ކުރިއެރުންތައް ލިބިފައިވާ ކަމަށް ކޮމިޝަނަރ ވިދާޅުވިއެވެ.

ހަރުކަށި ފިކުރުގެ މައްސަލަތަކުގެ އިތުރުން މަރުތަކުގެ މައްސަލާތައްވެސް ފުލުހުން ވަރަށް ޚާއްޞަ އިސްކަމެއް ދެއްވައިގެން ބަލަމުން އަންނަކަމަށް ހަމީދު ވިދާޅުވިއެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް