އިންޑިއާއަށް ރަޝިއާއިން ގެންނަ މުދަލުގެ އިންސަތައް ވަރަށް މަތި

ރަޝިއާއިން އެންމެ ގިނައިން ސާފުނުކުރާ ތެލާއި ގަސްކާނާ އަދި ކައްކަން ބޭނުންކުރާ ބޯޓުދެލި އެކްސްޕޯޓްކުރާ ތިންވަނަ ގައުމަކަށް އިންޑިއާ ވެއްޖެއެވެ.
އިންޑިއާގެ ކަސްޓަމުން ލިބެންހުރި ލިޔެކިޔުންތަކުން މިކަށް ވަނީ ކަށަވަރުކުރެވިފައެވެ.
ކަސްޓަމްސް ހިސާބުތަކުން ދައްކާ ގޮތުން މި އަހަރުގެ ސެޕްޓެމްބަރުގައި އިންޑިއާއަށް 4.95 ބިލިއަން ޑޮލަރުގެ ތަކެތި ރަޝިއާއިން ވަނީ އެކްސްޕޯޓްކޮށްފައެވެ. މިދިޔަ އަހަރުގެ ސެޕްޓެމްބަރުގައި މިއަދަދު އޮތީ އެއްބިލިއަންގައެވެ.
އިންޑިއާ ބުނާ ގޮތުން ރަޝިއާ އަކީ ދެގޮތެއް ނުވެ އިންޑިއާ އާއެކު އޮންނަ ގައުމެކެވެ. އިގުތިސާދީ ގޮތުން އިންޑިއާއަށް ހީނަރުކަން އަންނަ ކޮންމެ ފަހަރަކު ވެސް ދިފާއުގައި ރަޝިއާ އޮވެއެެވެ.
ދުނިޔެއަށް ފެތުރިގަތް ކޮވިޑްގައި ވެސް އިންޑިއާއަށް އެންމެ ބޮޑު އެހީތެރިކަމެއް ފޯރުކޮށްދިނީ ރަޝިއާއިން ކަމަށް އިންޑިއާއިން ވަނީ ބުނެފައެވެ.
އިންޑިއާގެ ފޮރިން މިނިސްޓަރު ޑރ. ސުބްރަމާނިޔަމް ޖައިޝަންކަރު މިދާކަށް ދުވަހު މޮސްކޯއަށް ކުރެއްވި ދަތުރުގައި ވެސް ދެ ގައުމު ވަނީ ހެޔޮ ގުޅުމެއްގައި ދެމިއޮންނާނެ ކަމަށް ވިދާޅުވެފ އެވެ. އިންޑިއާ ސަރުކާރުގެ ވެރިން އާންމު ތަންތަނުގައި ވެސް ރަޝިއާއަށް އިހުތިމާކޮށް ދިފާއުކުރެއެވެ.