ޚަބަރު

މެމްބަރުން ހައްދަވަނީ ވަޒީރުން ވިދާޅުވާހައި ގޮތެއް: އަފީފު

ފަތޯނާ ފާއިޒު ، ދެން އޮންލައިން
ރައްޔިތުންގެ މަޖިލީހުގެ ވިލުފުށި ދާއިރާގެ މެމްބަރު ހަސަން އަފީފު--

ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ތިއްބަވަނީ ވަޒީރުން ވިދާޅުވާ ގޮތަށް ކަންކަން ކުރެއްވުމަށް ފޫގަޅައިގެން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ވިލުފުށި ދާއިރާގެ މެމްބަރު ހަސަން އަފީފު ވިދާޅުވެއްޖެއެވެ.

Ads by STELCO

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި، ހުޅުމާލެ ޕްލޭނިން އަދި އިމާރާތް ކުރުމުގެ ޤަވައިދު، ޤަވައިދު ކޮމެޓީން އިސްލާޙު ކުރުމަށްފަހު، މިނިސްޓްރީއަށް ފޮނުވާފައިވީނަމަވެސް، އެ ޤަވައިދު އަދިވެސް ގެޒެޓު ކޮށްފައިނުވާ މައްސަލަ، ޤަވާއިދު ކޮމިޓީން ދިރާސާކޮށް ނިންމެވި ގޮތުގެ ރިޕޯޓަށް މަޖިލީހުގައި ވާހަކަ ދައްކަވަމުން އަފީފު ވިދާޅުވީ މެމްބަރުން މަޖިލީހަށް ހޮއްވަަވައިފައި ތިއްބެވީ ރައްޔިތުންނަށްޓަކާ ކަންތައްތަކެއް ފަހިކޮށްދިނުމަށް ކަމަށެވެ.

ނަމަވެސް ފެނިގެންދާ މަންޒަރަކީ، ވަޒީރުން ޒިންމާދާރު ކުރުވުމުގެ ބަދަލުގައި، ވަޒީރުން އެންގެވި ގޮތްގޮތަށް ޢަމަލު ކުރަމުންދާ މަންޒަރު ކަމަށްވެސް އަފީފު ވިދާޅުވިއެވެ.

"މީ އަޅުގަނޑުމެންގެ މައްސަލަ އަކީ. މިތަނުން(ރައްޔިތުންގެ މަޖިލީހުން) ފާސްކޮށްފައިވާ ޤަވައިދެއް ގެޒެޓު ނުކޮށް، އެތައް ދުވަހެއް ވެގެންދަނީ، އެއަށް ޢަމަލު ނުކޮށް، މިނިސްޓްރީން އެކަންތައް އެ ކުރިއަށް ގެންދަނީ. އަދި މިނިސްޓްރީތައް ކީއްކުރަންތޯ، ސަރުކާރު ކުންފުނިތައްވެސް ހަދަނީ އެހެން." އޭނާ ވިދާޅުވިއެވެ.

އެއާޕޯޓު އެޅުމަކީ މަޖިލީހާ ބެހޭ ކަމެއް ނޫންކަމަށް ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު މީގެ ކުރިން ވިދާޅުވި ކަމަށާއި، ވަޒީރުން މިފަދަ ވާހަކަ ދައްކަވާއިރު، މެމްބަރުން މަޖިލީހުގައި ތިއްބަވަނީ އެފަދަ މަޝްރޫޢުތައް ފަހިކޮށްދެއްވުމަށް ކަަމަށްވެސް އަފީފުގެ ވާހަކައިގައި ފާހަގަކުރެއްވިއެވެ.

"އެހެންވީމަ، މި މަޖިލީހާ ނުބެހޭ ކޮންކަމެއްތޯ އޮންނާނީ މި ދައުލަތުގަ؟" އަފީފު ސުވާލު އުފެއްދެވިއެވެ.

އޭނާ އިތުރަށް ވިދާޅުވީ، ވަޒީރުން މިފަދަ މޭރުމަކުން ވާހަކަ ދައްކަވާއިރު، މަޖިލީހުން ފާސް ކުރާ ފާސްކުރުމަކާ އެއްގޮތަށް ޢަމަލު ނުކުރައްވާނެ ކަމަށެވެ.

 

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!