ހެލްތު މިނިސްޓްރީން 13 ލޯންޗު ގަންނަނީ

ހެލްތި މިނިސްޓްރީން 13 ލޯންޗް ގަންނަން ނިންމަވައިފިއެވެ.
މިނިސްޓްރީން ގަލްފް ކްރާފްޓާއެކު މިކަމާ ގުޅޭ އެއްބަސްވުމުގައި، މިއަދު ވަނީ ސޮއި ކުރައްވައިފައެވެ.
މި ލޯންޗްތަކަކީ އަތޮޅުތެރޭގައި އެއް ރަށުން އަނެއް ރަށަށް ލެބޯޓްރީ ސާމްޕަލްތައް ގެންދިއުމަށާއި މިނިސްޓްރީން ކުރިއަށް ގެންދާ ތަފާތު އައުޓްރީޗް ޕްރޮގްރާމްތަކަށް ބޭނުންވާ ދަތުރުތަކަށާއި، ކުއްލި ޙާލަތުގެ ދަތުރުތަކަށް ޚާއްސަކޮށްގެން ހޯދާ ލޯންޗްތަކެވެ.
ހެލްތު މިނިސްޓްރީން ވިދާޅުވީ މި ލޯންޗުތައް ގަންގަން ޖުމްލަ 31 މިލިއަން ރުފިޔާ ޚަރަދުވާނެ ކަމަށެވެ. އެގޮތުން ގަލްފް ކްރާޓާ އެކީ ވެފައިވާ އެއްބަސްވުމުގެ ދަށުން އަހަރުގެ ތެރޭގައި ލޯންޗްތައް ފޯރުކޮށް ދޭން ޖެހެއެވެ.
މިނިސްޓްރީން ވިދާޅުވީ ލޯންޗްތައް ގަންނަނީ ވޯލްޑް ބޭންކާއި އޭޝިއަން އިންފްރާސްޓްރަކްޗަރ އިންވެސްޓްމަންޓް ބޭންކް (އޭއައިއައިބީ) ގެ އެހީގައި ކުރިއަށް ގެންދާ މޯލްޑިވްސް ކޮވިޑް-19 އިމަޖެންސީ ރެސްޕޮންސް އެންޑް ހެލްތު ސިސްޓަމްސް ޕްރެޕެއަޑްނަސް ޕްރޮޖެކްޓުގެ ދަށުން ކަމަށެވެ.