Saturday, 7 November 2026
Advertisement
MWSC — SmartMeter (leaderboard)
ޚަބަރު

އިޒްރޭލުގެ ފުލުހުން ފަލަސްތީނުގެ މީހަކު ބަޑި ޖަހާ މަރާލައިފި

އިޒްރޭލުގެ ފުލުހުން ފަލަސްތީނުގެ މީހަކު ބަޑި ޖަހާ މަރާލައިފި

އިޒެރޭލުގެ ފުލުހަކު ފަލަސްތީނުގެ ވެސްޓް ބޭންކު އަވަށުގައި ދިރިއުޅޭ މީހަކަށް ހަމަލާ ދީ މަރާލައިފިއެވެ.

ފަލަސްތީނުގެ މީހާއަށް އިޒްރޭލުގެ ފުލުހުން ހަމަލާދިނީ އޭނާ ބިންމައްޗައް ވައްޓާލުމަށް ފަހު އޭނާގެ ގަޔަށް އެތައް ފަހަރަކު ބަޑި ޖަހާގެންނެވެ.

މި ހާދިސާ ހިނގި ވީޑިއޯ ދަނީ ސޯޝަލް މީޑިއާގައި ދައުރުވަމުންނެވެ. އެ ވީޑިއޯއިން ފެންނަ ގޮތުގައި ފުލުސް އޮފިސަރު ފަލަސްތީނުގެ މީހާ ބިންމައްޗައް ވައްޓާލައި އޭނާގެ ބޮލުގައި ހިފައްހައްޓައިގެން އޮއްވައި މި މީހާ އޭނާގެ އަތްދަށުން ސަލާމަތްވުމަށް މަސައްކަތް ކުރުމުން ބަޑި ޖަހައި މަރާލީއެވެ.

Advertisement
Allied — Dhen Online (box)

މި ހާދިސާއަށް ފަހު ހަތިޔާރު ހިފައިގެން ސިފައިން މަގު މައްޗައް ނުކުމެ އުޅުނު ކަމަށް އޭއެފްޕީގެ ޖާނަލިސްޓުން މައުލޫމާތު ދިނެވެ.

ފަލަސްތީނުގެ ރެޑް ކްރެސެންޓުން ބުނެފައިވަނީ އެތަނުގެ މެޑިކަލް ސްޓާފުންނަށް މީހަކަށް އަނިޔާވެފައިވާ ކަމުގެ ޚަބަރު ލިބުމުން އެމީހާއަށް ފަރުވާ ދޭން އުޅުމުން އެކަމަށް ހުރަސްއަޅާފައިވާކަމަށެވެ.

ފަކަސްތީނުގެ ފޮރިން މިނިސްޓްރީއިން މި ހަމަލާ ކުއްވެރިކޮށް ބުނެފައިވަނީ މި ހަމަލާގެ ސަބަބުން އިތުރަށް އެޤައުމުގައި ހިނގާ ހަމަނުޖެހުންތައް އިތުރުވެގެން ހިނގައިދާނެކަމުގައެވެ.

އެހެންނަމަވެސް އިޒްރޭލުގެ ފުލުހުން އެމީހުންގެ އަމަލުތައް ދިފާއުކުރަމުން ބުނެފައިވަނީ އެމީހުން ފަަލަސްތީނިގެ މީހާ މަރާލައިފައިވަނީ އެމީހާ ވަޅިން ހަމަލާދޭން އުޅުމުން އެކަން ހުއްޓުވުމަށްކަމަށެވެ.

އަދި އިޒްރޭލުގެ ފުލުހުން ބުނެފައިވާ ގޮތުގައި އެ ހާދިސާގައި އެމީހުންގެ ފުލުހަކަށް އަނިޔާވެސް ވެފައިވާކަމަށެވެ.

މިއަހަރު އެކަނިވެސް އިޒްރޭލުން ހިންގަމުންދާ ހަނގުރާމައިގައި 145 ފަލަސްތީނު މީހުން ޝަހީދުވެ 26 އިސްރާއިލުގެ މީހުން މަރުވެފައިވެއެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް