ޚަބަރު ދުނިޔެ

ޗައިނާގައި އެއްދުވަހުން40،000 އަށްވުރެ ގިނަ މީހުންނަށް ކޮވިޑް-19 ޖެހިއްޖެ، ރިކޯޑް އަދަދެއް

ރައުފާ ރަޝީދު ، ދެން އޮންލައިން

ޗައިނާގައި ސައުވީސް ގަޑިއިރުގެ ތެރޭގައި 40،000އަށްވުރެ ގިނަ މީހުންނަށް ކޮވިޑް-19 ޖެހިއްޖެއެވެ.

Ads by WAMCO
Ads by MWSC

24 ގަޑިއިރުގެ ތެރޭގައި އެ ޤައުމުގެ 40,347 މީހަކު ވަނީ ބައްޔަށް ޕޮޒިޓިވް ވެފައެވެ. ބަލި ޖެހިފައިވާ މީހުންގެ އެންމެ ގިނަ ޢަދަދަކަށް ފެނިފައި ވަނީ ބޮޑު ދެ ސިޓީ ކަމުގައިވާ ގުއަންގްޒޫއާއި ޗޮންގްކިންގްއިންނެވެ. ވެރިރަށް ބެއިޖިންގްއިން ވެސް ބަލީގެ 3,888 ކޭސް ވަނީ ފެނިފައެވެ. ޗައިނާގެ ވިޔަފާރީގެ މަރުކަޒީ ރަށް ޝެންގްހާއީން ވެސް ބަލީގެ 144 ކޭސް ވަނީ ފެނިފައެވެ.

ރެކޯޑު އަދަދަކަށް ކޮވިޑްގެ ކޭސްތައް އިތުރުވާން ފެށުމުން ހަލުވިކަމާ އެކު ބަލި ފެތުރެމުންދާ ސަރަޙައްދުތަކުގައި ރައްކާތެރި ކަމުގެ ފިޔަވަޅުތައް ވަނީ ހަރުކަށި ކޮށްފައެވެ. ބެއިޖިންގްގައި ސްކޫލްތައް ވަނީ ބަންދު ކޮށްފައެވެ. އަދި، ކާބޯތަކެތީގެ ޚިދުމަތްދޭ ތަންތަން ވެސް ވަނީ ބަންދު ކޮށްފައެވެ. އަދި، އޮފީސްތަކުގައި މަސައްކަތް ކުރާ މުވައްޒަފުންނަށް ވަނީ ގޭގައި މަސައްކަތް ކުރުމަށް އަންގާފައެވެ.

މޭ މަހަށް ފަހު ޗައިނާގައި ވަނީ ކޮވިޑް ޖެހިގެން ފުރަތަމަ ފަހަރަށް ބަޔަކު މަރުވެފައެވެ. ބެއިޖިންގްގައި ތިން މީހަކު މަރުވެފައި ވާއިރު، އެއީ އުމުރުން ދުވަސްވީ ތިން މީހުން ކަމުގައި ޗައިނާގެ އޮފިޝަލުން ބުނެއެވެ. ކޮވިޑް ފެތުރުން ކޮންޓްރޯލް ކުރުމަށް ޗައިނާއިން އަމަލު ކުރަމުން ދަނީ "ޒީރޯ ކޮވިޑް" ސިޔާސަތަކަށެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!