މެސީގެ ކުޑައިރުގެ ލޯބި، ކައިވެންޏާ ހަމައަށް
އާޖެންޓީނާގެ ފުޓްބޯޅަ ތަރި ލިއޮނެލް މެސީއާ އޭނާގެ އަންހެނުން އެންޓޮނެލާ ރޮކޫޒޯ ކައިވެނި ކުރީ 2017 ވަނަ އަހަރުގައެވެ. އެހެންނަމަވެސް އެ ދެމީހުންގެ ލޯބީގެ ގުޅުމުގެ އެތައް ޒަމާނެއް ވެފައިވާ ގުޅުމެކެވެ.
މެސީއާ އެންޓޮނެލާ އެންމެ ފުރަތަމަ ބައްދަލުވީ ކުޑައިރުއެވެ. އެންޓޮނެލާގެ ފުޓްބޯޅަ ކުޅޭ "ކަޒިން"އަކާ އޮތް ގާތް ކަމެއްގެ ތެރެއިން، މެސީއާ އޭނާގެ "ފިއުޗަރ ވައިފް" ދިމާވީއެވެ. އޭރު އެންޓޮނެލާގެ އުމުރުން އެންމެ އަށް އަަހަރެވެ. އަދި މެސީއަށް ނުވަ އަހަރެވެ.
ކުޑައިރު ފުޓްބޯޅައިގެ ޓްރެއިނިންއަށް މެސީ އާޖެންޓީނާއިން ބޭރަށް ދިޔުމުންވެސް، އެ ދެމީހުން ދުރެއް ނުވިއެވެ. ދިމާވި ކަމަކުން ދެ މީހުން އަލުން ބައްދަލުވެ، އެކަކު އަނެކަކު ދެކެ ލޯބިވެ، އެންމެ ފަހުން ކައިވެނިވެސް ކުރީއެވެ.
އެފްސީ ބާސެލޯނާއަށް މީގެ ކުރިން ދިން އިންޓަރވިޔުއެއްގައި މެސީ ވަނީ އޭނާގެ އަންހެނުންނަށް ވަރަށް ބޮޑަށް ތަޢުރީފުކޮށް ވާހަކަ ދައްކައިފައެވެ. އެންޓޮނެލާ އަކީ އަބަދުވެސް ރަަނގަޅު މޫޑެއްގައި ހުންނަ މީހެއް ކަމަށާއި، ދިރިއުޅުމުގައި ދިމާވާ މައްސަލަތަކާ އޭނާ ކުރިމަތިލަނީ ވަރަށް ހިތްވަރާއެކުގައި ކަމަށް މެސީ ބުންޏެވެ. އަދި އޭނާ އަކީ ވަރަށް ވިސްނުންތޫނު މީހެއް ކަމަށްވެސް މެސީ ވަނީ ބުނެފައެވެ.
މެސީއާ އެންޓޮނެލާ ފުރަތަމަ ބައްދަލުވީ، އާޖެންޓީނާގެ ރޮޒައިރޯއިންނެވެ. ނަމަވެސް ޓީންއޭޖުގައި، ފުޓްބޯޅައިގެ ތަމްރީނު ހޯދުމަށް މެސީ ވަނީ އާޖެންޓީނާ ދޫކޮށް ސްޕެއިންއަށް ގޮސްފައެވެ.
ދެމަފިރިން އަލުން ބައްދަލުވާން ދިމާވީ 2005 ވަނަ އަހަރުގައި އެންޓޮނެލާގެ ބެސްޓް ފްރެންޑް އުރްސުލާ ކާރް އެކްސިޑެންޓެއްގައި މަރުވުމުންނެވެ. އޭރު ރަހްމަތްތެރިއެއްގެ ގޮތުގައި ހުރި އެންޓޮނެލާއަށް މި ހިތާމަ ކުރިމަތިވުމުން، މެސީ ސްޕެއިނުން އެނބުރި އާޖެންޓީނާއަށް އައެވެ. އޭގެ ފަހުން އެ ދެމީހުންގެ ގުޅުން ވަަރަށް ބޮޑަށް ބަދަހިވެ، ކައިވެންޏާ ހަމައަށް ދިޔައީއެވެ.
އެ ދެމީހުންގެ ތިން ފިރިހެން ދަރިން ތިބެއެވެ. އެއީ ތިއާގޯ، މަޓިއޯ އަދި ސީރޯއެވެ. މެސީ ބުނީ ދަރިން ލިބުމަކީ ދިރިއުޅުމާމެދު އޭނާ ދެކެމުން އައި ގޮތް ބަަދަލުކޮށްލައި ދިން ކަމެއް ކަމަށެވެ.
ދެމަފިރިން އަލުން ބައްދަލު ވުމާއި، ދެ މީހުން އަލުން ބައްދަލުވުން : މާނަ ތަފާތު