ބޮލީވުޑް

މިފަހަރުގެ ވޯލްޑްކަޕް ތަށި ދައްކައިލުމުގެ ޝަރަފު ދީޕިކާއަށް

ފަތޯނާ ފާއިޒު ، ދެން އޮންލައިން

މިހާރު ޤަތަރުގައި ކުރިއަށްދާ ފީފާ ވޯލްޑްކަޕްގެ ޓްރޮފީ ދައްކައިލުމުގެ ޝަރަފު ބަތަލާ ދީޕިކާ ޕަދުކޯންއަށް ލިބިއްޖެއެވެ.

Ads by STELCO

މިއީ އިންޑިއާއަށް ނިސްބަތްވާ ފަރާތަކަށް، އަދި ދުނިޔޭގެ އެކްޓަރަކަށް މި ޝަރަފު ލިބުނު ފުރަތަމަ ފަހަރު ކަމަށް ރިޕޯޓްތައް ބުނެއެވެ. ވޯލްޑްކަޕްގެ ފައިނަލް މެޗު އޮންނާނީ މި މަހުގެ 18 ވަނަ ދުވަހުއެވެ. އުމުރުން 36 އަހަރުގެ ދިޕިކާ އަންނަނީ ފައިނަލް މެޗަށް، ޤަތަރަށް ދިޔުމަށް ތައްޔާރު ވަމުންނެވެ.

ދީޕިކާ ވަނީ ކާންސް ފެސްޓިވަލުގައިވެސް، ކުލަ ގަދަ ހެދުންތަކަކާއެކު އިންޑިއާ ތަމްސީލުކޮށް ގިނަ ބައެއްގެ ސަމާލުކަން ހޯދައިފައެވެ.

ބެލުންތެރިންނަށް ދީޕިކާ އެންމެ ފަހުން ފެނުނީ ފިލްމު "ގެހެރިޔާ" އިންނެވެ. އެ ފިލްމާމެދު މަސްހުނި ހިޔާލުތަކެއް އުފެދުނު ކަމުގައިވިޔަސް، ގިނަ ބަޔަކު ދީޕިކާގެ ހުށަހެޅުމަށް ތައުރީފު ކުރިއެެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!