Wednesday, 4 November 2026
Advertisement
STO — McCoy (leaderboard)
ޚަބަރު

ޢަލީ ރަމީޒުގެ ސުވާލެއް: 19 ދިވެހީން ޝަހީދު ކޮށްލި ހަމަލާ ހަނދާން ނެތޭނީ ކިހިނެއް؟

ޢަލީ ރަމީޒުގެ ސުވާލެއް: 19 ދިވެހީން ޝަހީދު ކޮށްލި ހަމަލާ ހަނދާން ނެތޭނީ ކިހިނެއް؟

1988 ވަނަ އަހަރުގެ ނޮވެމްބަރުމަހުގެ ތިން ވަނަ ދުވަހު، ދިވެހިރާއްޖެއަށް ކުރިމަތިވި ޢުދުވާނީ ހަމަލާގެ ހަނދާން ނެތޭނީ ކިހިނަކުންތޯ، ސަލަފު ޖަމުޢިއްޔާގެ ޗީފް މާކެޓިން އޮފިސަރު ޢަލީ ރަމީޒު ސުވާލު ކުރައްވައިފިއެވެ.

ޢަލީ ރަމީޒު މި ސުވާލު އުފެއްދެވިއިރު، މީގެ 18 އަހަރު ކުރިން ސްރީ ލަންކާއަށް ދިޔަ ގޮތަށް އެ ޤައުމުގައި ދިރިއުޅެމުން ދިޔަ ސިއްކަ އަޙުމަދު އިސްމާޢީލް މަނިކު ވަނީ ދާދި ފަހުން ރާއްޖެ އައިސްފައެވެ.

ސިއްކަ އަހުމަދު އިސްމާއިލް އަކީ، ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙުގެ އަނބިކަނބަލުން ފަޒްނާ އަޙުމަދުގެ ބައްޕަފެ އިތުރުން، ރައްޔިތުން މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ބޮޑުބޭބެއެެވެ.

Advertisement
Allied Insurance — Square (box)

https://twitter.com/aliramyz/status/1600750085775585280

ނޮވެމްބަރު ތިނެއްގެ ހަމަލާގައި، ބައިވެރިވިކަމަށް ނިންމައި، އޭނާގެ މައްޗަށް ޙުކުމް ކުރިއެވެ. އެހެންނަމަވެސް އޭގެ ފަހުން ރައީސް މައުމޫން އަބްދުލްޤައްޔޫމް ވަނީ، އޭނާއަށް އަފޫޢާމް ދެއްވައިފައެވެ.

ނަޞްރުގެ ދުވަހުގެ ގޮތުގައި، ކޮންމެ އަހަރެއްގެވެސް ނޮވެމްބަރުމަހުގެ ތިން ވަނަ ދުވަސް، ދިވެހީން ފާހަގަކުރަމުން އަންނައިރު، އެ ދުވަހު ދިވެހީންނަށް ނަޞްރު ލިބުނީ، ކުލީ ސިފައިން މާލެ އަރައި، މާލެ ހިފުމަށް ކުރި މަސައްކަތް ނާކާމިޔާބު ކޮށްލުމަށް ފަހުގައެވެ.

 

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް