ދުނިޔެ

ކޭންގެ ނާކާމިޔާބުވި ޕެނަލްޓީއާއެކު އިނގެރޭސިން އަނބުރާ ޤައުމަށް، ފްރާންސް ސެމީއަށް!

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ވޯލްޑްކަޕްގައި ރޭ ފްރާންސާއި އިނގިރޭސިވިލާތް ބައްދަލު މެޗް 2-1ގެ ނަތީޖާއަކުން ފްރާންސް މޮޅުވެއްޖެއެވެ.

Ads by Sosun Fihaara

އެއާއެކު ސެމީ ފައިނަލްގެ ޖާގަ ފްރާންސްއިން ވަނީ ކަށަވަރުކޮށްފައެވެ. ފްރާންސްއާ ސެމީގައި ބައްދަލު ކުރާނީ މޮރޮކޯއިންނެވެ. އަނެއްކޮޅުން ކޮޅުން ބައްދަލު ކުރާނީ އާޖެންޓީނާއާއި ކްރޮއޭޝިއާއެވެ. މި މެޗްތައް އޮންނާނީ 14 ވަނަ 15 ވަނަ ދުވަހު މެންދަމު 12 ޖަހާއިރުއެވެ.

ރޭގެ މެޗުގެ ފުރަތަމަ ގޯލް ފެނިގެން ދިޔައީ އޯރެލިއެން ޗުއަމެނީ ޕެނަލްޓީ އޭރިއާގެ ބޭރުން ޖެހި ބާރު ބޯޅައަކުންނެވެ. އެއީ މެޗްގެ 17 ވަނަ މިނެޓްގައެވެ.

އޭގެ ފަހުން އިނގިރޭސިވިލާތުގެ ކެންޕްޓަން ހެރީ ކޭންގެ ވަރުގަދަ ދެ ހަމަލާއެއް ފެނިގެން ދިޔައެވެ. ނަމަވެސް ދެވަނަ ހާފް ނިމިގެން ދިޔައީ ފްރާންސް މެޗުގެ ލީޑްގައި އޮވެއެވެ.

މެޗުގެ ނަތީޖާ ހަމަހަމަކޮށްފައިވަނީ 52 ވަނަ މިނެޓްގައި އިނގިރޭސިންނަށް ލިބުނު ޕެނަލްޓީއަކުންނެވެ. ހެރީގެ މި ގޯލްއާއެކު އިނގިރޭސި ޤައުމީޓީމަށް އޭނާ ވަނީ 53 ގޯލް ކާމިޔާބުކޮށްދީފައެވެ. އެއީ ލެޖެންޑް ވޭން ރޫނީގެ ރިކޯޑްއާ އަރާ ހަމަކުރުމެކެވެ.

މެޗުގެ ތިން ވަނަ ގޯލް ޖެހީ 78 ވަނަ މިނެޓްގައި ފްރާންސްއިންނެވެ. ގޯލް ކާމިޔާބުކޮށްދީފައިވަނީ ޖިރޫއެވެ.

އޭގެ އިތުކޮޅެއްފަހުން އިނގިރޭސިންނަށް މެޗުުގެ ނަތީޖާ ހަމަހަމަ ކުރުމަށް އަނެއްކާ ފުރުސަތެއް ލިބުނެވެ. އެއީ ފްރާންސްއިން ކުރި ފައުލްއަކާ ގުޅިގެން ލިބުނު ޕެނަލްޓީއެކެވެ. ހެރީގެ އެ ޕެނަލްޓީ ދިޔައީ ގޯލްގެ ވަރަށް މަތިން ބޭރަށެެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!