Saturday, 7 November 2026
Advertisement
Ooredoo — Article-Top (leaderboard)
ޚަބަރު

އޭޑީކޭގެ ހިދުމަތްތަކުގެ އަގު ބޮޑުކުރަން ނިންމައިފި

އޭޑީކޭގެ ހިދުމަތްތަކުގެ އަގު ބޮޑުކުރަން ނިންމައިފި

އޭޑީކޭ ހޮސްޕިޓަލުގެ ހިދުމަތްތަކުގެ އަގު ބޮޑުކުރަން ނިންމައިފިއެވެ.

އޭޑީކޭއިން ނެރުނު ބަޔާނެއްގައި ބުނީ 2020 ވަނަ އަހަރުން ފެށިގެން ދުނިޔޭގެ އިގްތިސާދަށް ކުރިމަތިވި ހީނަރުކަމާ ގުޅިގެން އިންފްލޭޝަން ރޭޓު މަތިވެ، މުދަލާއި ހިދުމަތުގެ އަގުތައް ރާއްޖެއާއި ރާއްޖެއިން ބޭރުގައި ބޮޑުވެފައިވާ ކަމަށެވެ.

އަދި އޭޑީކޭ ހޮސްޕިޓަލުގެ ހިންގުމުގެ ހަރަދުތައް ވެސް އެތައް ގުނައަކުން ބޮޑުވެެފައިވާ ކަމަށާއި އޭގެ ސަބަބުން ދެމެހެއްޓެނިވި ގޮތެއްގައި ހިދުމަތް ފޯރުކޮށްދިނުމަށްޓަކައި އެ ހޮސްޕިޓަލުން ދެމުންގެންދާ ހިދުމަތްތަކުގެ އަގުތައް މި މަހުގެ 15 އިން ފެށިގެން ބޮޑު ކުރުމަށް ނިންމާފައިވާ ކަމަށް ބުނެފައިވެއެވެ.

Advertisement
HDC — Sidebar (box)

އޭޑީކޭ އިން ބުނީ ހިދުމަތްތަކުގެ އަގުތަކަށް ބަދަލު ގެންނާނީ އެކި މަރުހަލާތަކަށް ބަހާލައިގެން ކަމަށެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް