ޚަބަރު

އާޖެންޓީނާ އަކީ ހިތްވަރުގަދަ ޓީމެއްކަން ސާބިތު ކޮށްދީފި: މެސީ

ފަތޯނާ ފާއިޒު ، ދެން އޮންލައިން
އާޖެންޓީނާގެ ކެޕްޓަން ލިއޮނަލް މެސީ، ޓީމުގެ ކުޅުންތެރިންނާއެކުގައި-

ލިއޮނަލް މެސީގެ ޖާދުވީ ކުޅުމާއެކު، ކްރޮއޭޝިއާ އަތުން އާޖެންޓީނާ މޮޅުވެ ވޯލްޑް ކަޕް ފައިނަލުގެ ޖާގައެއް ކަށަވަރުކުރުމާއެކު، މެސީ ހުރީ އުފަލުން ފޮޅިފައެވެ.

Ads by STELCO

ފުޓްބޯޅަ ތާރީޚު ދުށް އެންމެ މޮޅު އެއް ކުޅުންތެރިޔާ، މެސީ ވަނީ އަންގާރަ ދުވަހުގެ ރޭ ޤަތަރުގެ ލުސައިލް ސްޓޭޑިއަމްގައި ކުޅުނު ސެމީ ފައިނަލުގައި 2018 ވަނަ އަހަރުގެ ރަނަރަޕް ޓީމް، ކްރޮއޭޝިއާއާ ދެކޮޅަށް ކުޅުނު މެޗުގެ މޮޅު ކުޅުންތެރިޔާގެ މަޤާމުވެސް ހޯދައިފައެވެ.

އާޖެންޓީނާ އެނބުރި ލުސައިލްއަށް އަންނާނީ އަންނަ އާދީއްތަ ދުވަހު ފްރާންސް ނުވަތަ މޮރޮކޯއާ ދެކޮޅަށެވެ.

"އެހެންވީމަ އަހަންނަށް ބުނެވޭނީ، މިހުރީ ވަރަށް އުފަލުންނޭ" އުމުރުން 35 އަހަރުގެ މެސީ ހިނިތުންވުމަކާއެކު ބުންޏެވެ. "ހަޤީޤަތުގައި ވެސް ވަރަށް ރަނގަޅު އިހުސާސެއް ކުރެވެނީ."

"މިއީ ކޮންމެ މެޗެއްގައި ވެސް ކުރަމުން އައި ކަމެއް. ކުރީ މެޗަކީ ވަރަށް ބޮޑު ޤުރުބާނީއެއް، އިތުރު ވަގުތުގެ ތެރެއަށް ދިޔައީ. އެއީ އެހާ ފަސޭހަ ކަމެއް ނޫން."

"މިއަދު އަހަރެމެން ވަރުބަލިވި ނަމަވެސް މި ކާމިޔާބީ ހޯދުމުގެ ގޮތުން އަހަރެމެން ކަށިން ހިިތްވަރު ނެރުނިން."

"އަހަރެމެން ވަރަށް ރަނގަޅަށް ކުޅުނީ. އަހަންނަށް އެނގުނު މިގޮތަށް ކުޅެވޭނެކަން. އަހަރެމެން މިކަމަށް ވަރަށް ބޮޑަށް ތައްޔާރުވިން. މި މެޗުގައި ދުވެ، ދެން ފުރުސަތުތައް ހޯދަން ޖެހޭނެކަން ދަނެގެން."

އާދީއްތަ ދުވަހުގެ ރޭ ވޯލްޑްކަޕްގެ ފައިނަލް މެޗު އޮންނާނެއެވެ.

މެސީ އިތުރަށް ބުނީ މިފަހަރުގެ މުބާރާތުގައި ސައޫދީ ޢަރަބިއްޔާ އަތުން 2-1 އިން ބަލިވުމަކީ ޓީމަށް ލިބުނު ބޮޑު ގެއްލުމެއް ކަމަށެވެ.

"ވޯލްޑް ކަޕެއްގައި މިފަދަ ގޮތަކަށް ފެށުން އެއީ ހަގީގަތުގައި ވެސް ވަރަށް އުނދަގޫ ކަމެއް."

މެސީ ވަނީ ސައުދީ އަތުން ލިބުނު ބައްޔާއެކުވެސް، އާޖެންޓީނާގެ ޓީމަކީ ވަރަށް ހިތްވަރުގަދަ، އަދި ޓީމެއްގެ ގޮތުގައި ވަރަށް ކުޅަދާނަ ބައެއްކަން ސާބިތުކޮށްދީފައިވާ ކަމަށެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!