ރިޟްވާނަށް ޝަހާދަތް ލައިދިނުމަށްފަހު ކަރުބުރިކޮށްލާ، އެއްލާލީ މޫދަށް

ނޫސްވެރިޔާ އަހްމަދު ރިލްވާން މަރާލުމުގެ ކުރިން ޝަހާދަތުގެ ދެކަލިމަ ލައިދީފައިވާ ކަމަށާއި އެއަށްފަހު ކަރު ބުރިކޮށްލާ، އެއްލާލީ މޫދަށް ކަމަށް މަރު ކޮމިޝަނުން މިއަދު ބުނެފިއެވެ.
މަރު ކޮމިޝަނުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މަރު ކޮމިޝަންގެ ރައީސް ފަރީޝާ އަބްދުﷲ ވިދާޅުވީ އޮގަސްޓު 7، 2014 ވަނަ ދުވަހުގެ ރޭ ރިލްވާން ވަގަށް ނަގައިގެން ކާރަކަށް އަރުވައިގެން ގެންދިޔަ ކަމަށެވެ.
އޭނާ ގެންގޮސްފައިވަނީ ޑިންގީއަކަށް އަރުވައިގެން ކަންނެލި ދޯންޏަކަަށް ކަމަށާއި އެ ދޯނި ދިޔައީ ކަނޑު މައްޗަށް ކަމަށް ފަރީޝާ ވިދާޅުވިއެވެ. އެއަށްފަހު ރިލްވާންއަށް ކަލިމަ ލައިދީ ކައު ބުރިކޮށްފައިވާ ކަމަށާއި އޭނާގެ ހަށިގަނޑު އެއްލާލީ މޫދަށް ކަމަށް ފަރީޝާ ވިދާޅުވިއެވެ.
“ދޯންޏަށް އެރުވުމަށް ފަހު ކަނޑުމައްޗަށް ގޮސްފަވާ ކަމަށް ބެލެވޭ. އަދި ދޯނީ ތެރޭގަ އޭނާއަށް ކަލިމަ ލައިދީ، ރިލްވާން ވަނީ ކަރުބުރިކޮށް މަރާލާފަ ކަމަށް އަޅުގަނޑުމެންނަށް މައުލޫމާތު ދެމުން މީހަކު ބުނެފަވޭ. އަދި އޭނާގެ ހަށިގަނޑު ވަނީ ކަނޑުފައްތާފަ،" ފަރީޝާ ވިދާޅުވިއެވެ.
މީގެ އިތުރުން، އެ ދޯނީގައި އެ ދޯނީގައި އެވަގުތު ބައިވަރު މީހުން ތިބި ކަމަށާއި އޭގެ ތެރެއިން ގިނަ މީހުން މިހާރު ތިބީ ރާއްޖެއިން ބޭރުގައި ކަމަށާއި އޭގެ ތެރޭގައި ހަރުކަށި ފިކުރުގެ މީހުންނާއި ކުށް ކުރާ މީހުން ހިމެނޭ ކަމަށް ފަރީޝާ ވިދާޅުވިއެވެ.







ކޮމެންޓް