Wednesday, 28 October 2026
Advertisement
Allied Insurance (leaderboard)
ޚަބަރު

ރިޟްވާން މަރާލުމުގައި ބައިވެރިވި 6 މީހަކު ސީރިޔާއާގެ ހަނގުރާމައަށް ގޮސް ވަނީ މަރުވެފައި

ރިޟްވާން މަރާލުމުގައި ބައިވެރިވި 6 މީހަކު ސީރިޔާއާގެ ހަނގުރާމައަށް ގޮސް ވަނީ މަރުވެފައި

ނޫސްވެރިޔާ އަހްމަދު ރިޟްވާން މަރާލުމުގައި ބައިވެރިވި 6 މީހަކު ސީރިޔާއާގެ ހަނގުރާމައަށް ގޮސް މިހާރު މަރުވެފައިވާ ކަމަށް މަޢުލޫމާތު ލިބިފައިވާ ކަމަށް މަރު ކޮމިޝަނުން މިއަދު ވިދާޅުވެއްޖެއެވެ.

މަރު ކޮމިޝަނުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މަރު ކޮމިޝަންގެ ރައީސް ފަރީޝާ އަބްދުﷲ ވިދާޅުވީ ރިޟްވާން މަރާލުމަށް ފަހު، އެކަމުގައި ބައިވެރިވި 6 މީހަކު ސީރިއާއަށް ގޮސްފައިވާ ކަމަށެވެ.

އެމީހުން ސީރިއާއަށް ގޮސްފައިވަނީ އެއް ދުވަހެއްގައި ނޫން ކަމަށާއި އެކި ދުވަސްތަކުގެ މަތިން ދަތުރުކޮށްފައިވާއިރު ގިނަ މީހުން ދަތުރުކޮށްފައިހުރީ އެކީގައި ކަމަށް ފަރީޝާ ވިދާޅުވިއެވެ.

Advertisement
HDC — Sidebar (box)

“އެ ދޯނީގަ އެރޭ ތިބި 6 މީހަކު ސީރިއާގަ ހިނގަމުންދާ ހަމގުރާމައެއްގައި ބައިވެރިވުމަށް އެ ގައުމަށް ދަތުރުކޮށްފަވޭ. އެކި މީހުން ދަތުރުކޮށްފަ ވަނީ އެއް ދުވަހެއްގަ އެއް ނޫން. އެކަމަކު ގިނަ މީހުން ދަތުރުކޮށްފަ ހުރީ އެކީގަ”

އަދި ހަނގުރާމައިގައި ބައިވެރިވެ، އެންމެންވެސް މަރުވެފައިވާކަމަށް މަޢުލުމާތު ލިބިފައިވާ ކަމަށާއި ނަމަވެސް އެއްވެސް އިދާރާއަކުން މިކަން ކަށަވަރުކޮށްފައިނުވާ ކަމަށް ފަރީޝާ ވިދާޅުވިއެވެ.

“ސީރިއާގެ ހަނގުރާމައިގަ މި އެންމެންވެސް މަރުވެފަވާ ކަމަށް އަޅުގަނޑުމެންނަށް މައުލޫމާތު ލިބިފަ ވަނީ. އެހެން ނަމަވެސް ހަގީގަތުގަ އެއްވެސް ރަސްމީ އިދާރާއަކުން މިކަން ކަށަވަރު ކުރެވޭނެ ގޮތެއް ނެތް”

މިކަމުގައި ބައިވެރިވި މީހުންގެ ތެރެއިން ސީރިއާގައި މަރުވި ކަމަށް ބުނާ 6 މީހުންނަކީ ހިލްޓަން، އަޒްލިފް ރައޫފް، ސ. މީދޫ، އިރާކް މުހައްމަދު ހާމިދު، ސ. ހުޅުދޫ، އަތިރީގެ މުހައްމަދު ސުއައިދު، ޏ. ފުވައްމުލައް ދަޑޮފޮށިގެ އިސްމާއިލް ސަބީހް، ހއ. ދިއްދޫ ސޯސަނިގެ އިބްރާހީމް ސަލާހް އަދި ތ. އޮމަދޫ ނަރުގިސްވިލާ މުހައްމަދު މުނާޒުއެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް