Friday, 30 October 2026
Advertisement
Allied Insurance (leaderboard)
ދުނިޔެ

އަފްޣާނިސްތާނުގެ އަންހެނުން އެންޖީއޯތަކުގައި މަސައްކަތް ކުރުން މަނާކޮށްފި

އަފްޣާނިސްތާނުގެ އަންހެނުން އެންޖީއޯތަކުގައި މަސައްކަތް ކުރުން މަނާކޮށްފި

އަފްޣާނިސްތާނުގެ އަންހެނުންނަށް އެ ގައުމުގެ އަމިއްލަ ޖަމިއްޔާ ޖަމާއަތްތަކުގައި މަސައްކަތް ކުރުން އެގައުމުގެ ވެރިކަން ކުރާ ތާލިބާނުން މަނާކޮށްފިއެވެ.

ސިޓީއަކުން އިއުލާނުކޮށް، އިކޮނޮމިކް މިނިސްޓްރީން ކަށަވަރުކޮށްދީފައިވާ މި މަނާކަމަކީ ބޭރުގެ އަންހެނުންނަށް ނުވަތަ އެ ގައުމުގައި ގިނަ އަދަދެއްގެ ބަޔަކު ހަރަކާތްތެރިވާ އދ.ގައި މަސައްކަތް ކުރާ މީހުންވެސް ްއަމަލުކުރަން ޖެހޭ ކަމެއް ކަމެއް އަދި ސާފެއް ނުވެއެވެ.

އިކޮނޮމިކް މިނިސްޓްރީން ބުނީ މި މަނާކުރުން އަފްޣާނިސްތާނުގެ އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ޖަމިއްޔާތަކަށް ހާއްސަ ކޯޑިނޭޓިން ބޮޑީއަށް ވެސް އަމަލުކުރާ ކަމަށެވެ.

Advertisement
HDC — Sidebar (box)

ނަމަވެސް އދ އިން އަފްޣާނިސްތާނުގެ އޭސީބީއޭއާރުގައި ހިމެނޭ އެންޖީއޯތަކާ ހަވާލުކުރަނީ އިންސާނީ މަސައްކަތްތައް ކުރިއަށް ގެންދިއުމަށެވެ.

އެ ސިޓީގައި ބުނެފައި ވަނީ އަންހެނުންނަށް ހާއްސަ އިސްލާމިކް ޑްރެސް ކޯޑް ތާލިބާނުން މާނަކުރާ ގޮތާ އެއްގޮތަށް ބައެއް ފަރާތްތަކުން އަމަލުކޮށްފައި ނުވާތީ ވަކި ގޮތެއް އަންގަންދެން އެންޖީއޯތަކުގައި އަންހެން މުވައްޒަފުންނަށް މަސައްކަތް ނުކުރެވޭނެ ކަމަށެވެ.

އިކޮނޮމިކް މިނިސްޓްރީން ބުނީ އަންހެން މުވައްޒަފުން "ރަނގަޅު" ހެދުން ނުވަތަ ހިޖާބު ނާޅާ ކަމުގެ ސީރިއަސް ޝަކުވާތަކެއް ލިބިފައިވާ ކަމަށެވެ.

ރިއެކްޝަން

Advertisement
Allied Insurance — Square (box)

ކޮމެންޓް