Saturday, 31 October 2026
Advertisement
MWSC — SmartMeter (leaderboard)
ޚަބަރު

އައްބާސް އާދިލް ރިޒާގެ ބަންދަށް 5 ދުވަސް

އައްބާސް އާދިލް ރިޒާގެ ބަންދަށް 5 ދުވަސް

ރާއްޖޭގައި ހުންނަ އިންޑިއާ އެމްބަސީގައި ހުޅުޖަހަން ހިތްވަރުދިން ކަމުގެ ތުހުމަތުގައި ހައްޔަރުކުރި ރައީސް އޮފީހުގެ ކުރީގެ ތަރުޖަމާން އައްބާސް އާދިލް ރިޒާގެ ބަންދަށް 5 ދުވަސް ޖަހައިފިއެވެ.

ފުލުހުން ވިދާޅުވީ އައްބާސްގެ ބަންދަށް ކްރިމިނަލް ކޯޓުން މިއަދު ފަސް ދުވަހުގެ މުއްދަތެއް ދީފައިވާ ކަމަށެވެ.

އައްބާސް މިއަދު ހައްޔަރު ކޮށްގެން ގެންދިޔައީ، އޭނާ ދިރިއުޅުއްވާ ގެއިންނެވެ. ފުލުހުން އޭނާ ގެންދިޔައީ އަތުގައި ބިޑިވެސް އަޅުވައިގެންނެވެ.

Advertisement
Ooredoo — Square (box)

އައްބާސް ހައްޔަރު ކޮށްފައިވަނީ ރާއްޖޭގައި ހުންނަ އިންޑިއާ އެމްބަސީގައި ހުޅު ޖެހުމަށް ގޮވައިލެއްވި މައްސަލައިގައެވެ.

އައްބާސް އާދިލް ރިޒާގެ މައްޗަށް އަމާންކަމާއި ސުލްހަ ގެއްލޭ ގޮތަށް ތަކުރާރުކޮށް ހިޔާލުފާޅު ކުރި ކަމަށް ފުލުހުން ވަނީ ތުހުމަތުކޮށްފައެވެ.

އިމިގްރޭޝަން ކޮންޓްރޯލާ ކަމާއި ކަސްޓަމްސްގެ ވެރިޔާގެ މަގާމާއި އެނޫންވެސް ސަރުކާރުގެ އިސް މަޤާމުތައްވެސް ފުރުއްވާފައިވާ އައްބާސް އާދިލް ރިޒާ ކުރެއްވި ޓްވީޓެއްގައި ގޮވާލައްވާފައިވަނީ ފެބުރުއަރީ 8 ގައި އިންޑިޔާގެ އޯޑަރަށް އައްޑޫގައި ހުޅުޖެހި ކަމަށާއި، އެކަމުގެ ބަދަލު އަދި އޮތީ ނުހިފި ކަމަށެވެ. އަދި އެމްބަސީން ފަށަން އަޅުގަނޑަށް ފެންނަ ކަމަށެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް