ބޮލީވުޑް

"ސްޝާންތު ވަނީ މަރާލައިފައި"

އިބްރާހީމް ޙުސައިން ، ދެން އޮންލައިން

ބޮލީވުޑްގެ އެކްޓަރ ސްޝާންތު ސިންގު މަރުވީ އަމިއްލައަށް ނޫން ކަމަށާއި އޭނާ ވަނީ މަރާލައިފައި ކަމަށް އޭނާގެ ހަށިގަނޑު ބޭއްވި މުމްބާއީގެ ކޫޕާރ ހޮސްޕިޓަލްގެ މޯޗަރީ މުވައްޒަފަކު ބުނެފިއެވެ.

މީގެ ދެއަހަރު ކުރީން މަރުވި ސްޝާންތު ސިންގާ ބެހޭ ގޮތުން އެ  މޯޗަރީގެ މުވައްޒަފެއްކަމަށްވާ ރޫޕްކުމާރު ބުނެފައި ވަނީ ސްޝާންތު ސިންގުގެ ހަށިގަނޑުން ދަންޖެހިފައިވާ ކަމުގެ އެއްވެސް ނިޝާނެއް ފެންނަން ނެތް ކަމަށާއި ތަޙްޤީޤް އިދާރާއިން އޭނާއާ ސުވާލުކޮށްފި ނަމަ އެކަމަށް ހެކި ވާނެ ކަމަށެވެ.

"މި މަސައްކަތުގައި އަހަރެން 28އަހަރު ހޭދަކޮށްފިން، ދަންޖެހުމުގެ އެއްވެސް ނިޝާނެއް ސުޝާންތުގެ ހަށިގަނޑަކުން ނުފެނޭ، އޭނާގެ ހަށިގަނޑުގައި އަނިޔާގެ އެހެން ނިޝާންތައް ހުރި، ޕޯސްޓްމޯޓަމް ރިޕޯޓް ހެދުމަކީ ޑޮކްޓަރުގެ ޒިންމާއެއް، އޭގައި ލިޔާނެ އެއްޗެއް ކަނޑައަޅާނީ ޑޮކްޓަރ" ރޫޕްކުމާރު ބުނެފައި ވެއެވެ.

އޭނާ ބުނީ ސްޝާންތު މަރުވީ ދަންޖެހިގެން ނޫންކަން އޭނާގެ ހަށިގަނޑު ބެލި ކޮންމެ މީހަކަށް ވެސް އެނގޭނެކަމަށާއި ސުޝާންތަށް އިންސާފު ލިބެން ޖެހޭނެކަމަށެވެ.

ބޮލީވުޑްގައި ކުރިއަރަމުން އައި ފަންނާނެއް ކަމަށްވާ ސުޝާންތު ސިންގު، އޭނާ ދިރިއުޅޭ އެޕާޓްމަންޓްގައި މަރުވެފައި އޮއްވާ ފެނުނީ 14 ޖޫން 2020ގައެވެ.  ސްޝާންތުގެ މަރާ ގުޅޭ ގޮތުން ގިނަ ގޮތްގޮތަށް ވާހަކަދެކެވިފައި ވެއެވެ. އޭނާގެ ހަށިގަނޑުގެ ޕޯސްޓްމޯޓަމް ހެދި ޑޮކްޓަރުން ބުނެފައިވާ ގޮތުގައި ސްޝާންތު މަރުވީ އެސްފީޒިއާގެ ސަބަބުންނެވެ.

Ads by Ooredoo
  1. ޢައްޔަޅޯ

    އިޓްސް ޕްރަނަންސްޑް އެސްފިކްސިޔާ. އެސްފީޒިއާ އެެއް ނޫން.

  2. އަހަރެން

    ތި ޚަބަރުގައި އާ ވާހަކައެއް އެބައޮތްތަ؟

    • މޮނީކާ

      މަށަށް އެނގިއްޖެ އާވާހަކައެއް. އަމިއްލައަށް ދަންޖެހުނީ ނޫންކަން.

    • ޣަޖު

      އާދެ. ސުޝާންތު މަރުވީ 2020 ޖޫން 14 ގަ. ތި އާޓިކަލްގަ އޮތީ 14 ޖޫން 202.