ޚަބަރު

ފަރެސްމާތޮޑާގައި ހިނގި މާރާމާރީއެއްގައި ތިން މީހަކު ހައްޔަރުކޮށްފި

ދެން އެމްވީ ، ދެން އޮންލައިން

ގދ. ފަރެސްމާތޮޑާގައި ހިނގާދިޔަ މާރާމާރީއަކާއި ގުޅިގެން ތިން މީހަކު ފުލުހުން ހައްޔަރުކޮށްފިއެވެ.

Ads by MWSC

ފުލުހުން ބުނީ މި މަހުގެ 25 އަދި 27 ވަނަ ދުވަހު ހިނގި މި މާރާމާރީތަކުގައި ފުލުހުން ބުނީ މި މާރާމާރީގައި 18 އަހަރާއި 20 އަހަރާއި ދެމެދު ތިން މީހަކު ހައްޔަރުކޮށްފައިވާ ކަމަށާއި އެ ތިން މީހުންގެ ބަންދަށް ގދ. ތިނަދޫ ކޯޓުން ހަތް ދުވަސް ޖަހާދީފައިވާ ކަމަށެވެ.

ފުލުހުން ބުނީ މި މާރާމާރީގައި ތިން މީހަކަށް އެކިވަރުގެ އަނިޔާ ލިބިފައިވާ ކަމަށާއި އަނިޔާވި ތިން މީހުންނަށްވެސް ފަރެސްމާތޮޑާގެ ސިއްހީ މަރުކަޒުން ފަރުވާ ދީފައިވާ ކަމަށެވެ.

ފުލުހުން ބުނީ މި މާރާމާރީތަކަކީ އެރަށުގައި ސިލްސިލާ ގޮތެއްގައި ހިނގަމުންދާ މާރާމާރީތަކެއް ކަމަށެވެ. އަދި މި މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށްވެސް ފުލުހުން ބުންޏެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!