ޚަބަރު

އިންޑިއާގައި ހިނގި އެކްސިޑެންޓެއްގައި 3 މީހުން މަރު

މަރްޔަމް އަޙްމަދު ، ދެން އޮންލައިން

އިންޑިޔާގެ ރާޖިސްތާނުގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފިއެވެ. މި ހާދިސާ ހިނގާފައިވަނީ ރާޖިސްތާންގެ  ހަނޫމަންގަރްގައި ޓްރަކަކާއި ސައިކަލް ޓްރޯލީއެއް ޖެހިގެންނެވެ. އިންޑިޔާގެ މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި މި ހާދިސާގައި މިހާތަނަށް ތިން މީހަކު މަރުވެ ހަތަރު މީހަކުވަނީ ޒަޙަމް ވެފައިވާކަން ވަނީ ކަށަވަރުކުރެވިފައެވެ.

Ads by MWSC

މި ހާދިސާއާއި ގުޅިގެން ރާޖިސްތާންގެ ފުލުހުން މަޢުލޫމާތުދޭ ގޮތުގައި އެކްސިޑެންޓް ހިނގަން މެދުވެރިވި ސަބަބަކީ ގަދަ ވިއްސާރައިގެ ސަބަބުން ހަނޫމަންގަރްއާއި ނައުރަންގްދޭސަރު ވިލެޖްގެ މަގުތައް ފުސްވެ، ދުރުފެންނަ މިންވަރު ވަރަށް ބޮޑަށް ދަށްވެފައިވާތީއެވެ.

ރާޖިސްތާންގެ ފުލުހުންނާއި ޙަވާލާދީ މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި މި އެކްސިޑެންޓްގެ ސަބަބުން މަރުވެފައިވާ މީހުންގެ ވަނަވަރު މިހާރުވަނީ ހާމަކޮށްފައެވެ. އޭގެ ތެރޭގައި ހިމެނެނީ އުމުރުން 22 އަހަރުގެ ގުރްޗަރަން ސިންގް އާއި، 23 އަހަރުގެ ގުރްވިންދަރު ސިންގް އަދި އުމުރުން 24 އަހަރުގެ ބިންދަރު ސިންގް އެވެ.

ފުލުހުންވަނީ މި އެކްސިޑެންޓާއި ގުޅިގެން އިތުރު މަޢުލޫމާތުވެސް  މީޑިއާއި ހިއްސާކޮށްފައެވެ. އެ ގޮތުން ސައިކަލް ޓްރޯލީގައި މުޅި ޖުމްލަ 7 މީހުން ތިބިކަމަށާއި، އެކްސިޑެންޓް ހިނގަން މެދުވެރިވީ އެމީހުން ފައްޅިއެއްގައި އަޅުކަންކުރުމަށްފަހު، ޓްރޯލީގައި ޕަންޖާބުގެ ފީރޯޒްޕޫރީއަށް ދިއުމަށް ދަތުރު ފަށާފައިވާ މަގުމަތީގައި ކަމަށް މިހާތަނަށް ހޯދި މަޢުލޫމާތުގެ މައްޗަށް ބިނާކޮށްވަނީ ހާމަކޮށްފައެވެ.

އަދި ހަމައެހެންމެ ރާޖިސްތާންގެ ޑެޕިއުޓީ ސްޕްރިޑެންޓް އޮފް ފޮލިސް (ޑީއެސްޕީ) ރަމޭޝް މަޗްރާ ވިދާޅުވެފައިވާ ގޮތުގައި އެކްސިޑެންޓްވި ޓްރަކްދަތުރުކޮށްފައިވަނީ ހަނޫމަންގަރްއިން ރާވަތުސަރަށް ދިއުމަށް ކަމަށާއި މި ދެ އުޅަނދު ޖެހުނީ އައުރަންގްދޭސަރު ކައިރީގައި ސައިކަލްޓްރޯލީ މަޑުކޮށްފައިވަނިކޮށް މަގުގެ ފުސްކަމުން ދުރުނުފެނިގެންނެވެ. އަދި އެ ޓްރަކްގައި އުފުލާފައިވަނީ އާފަލު ކާޓޫންތަކެއްކަމަށާއި، އެކްސިޑެންޓްގެ ސަބަބުން ޓްރަކް ފުރޮޅާލާފައިވާ ކަމަށްވެސް ކަމާބެހޭ އިދާރާތަކުން މަޢުލޫމާތު ދީފައިވެއެވެ.އ

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!