ޚަބަރު

މަރު ކޮމިޝަނަށް ކުރެވުނު ހަމައެކަނި ކަމަކީ ސުޢޫދަށް ފަނޑިޔާރުކަން ހޯދައިދިނުން: ޝަހީމް

އަފްރާޙް ޢަބުދުއްރަޝީދު ، ދެން އޮންލައިން

މަރު ކޮމިޝަނަށް ކުރެވުނު ހަމައެކަނި ކަމަކީ ހުސްނުއްސުޢޫދަށް ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަން ހޯދައިދިނުން ކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

Ads by Sosun Fihaara

މަރު ކޮމިޝަނަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ ޝަހީމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެއީ ފެއިލްވެފައިވާ ތަނެއް ކަމަށެވެ.

"އެތަނުން ކުރެވުނީ އެންމެ ކަމެއް. އެއީ ހުސްނުއްސުޢޫދު ނަމަކަށް ކިއުނު މީހަކަށް ސްޕްރީމް ކޯޓްގެ ފަނޑިޔާރުކަން ހޯދައިދިނުން. ދެން އެހެންކަމެއް އެތަނަކުން ނުކުރާނެ. ކަމެއް ކުރޭވޭނެ ނަމަ ރާއްޖޭގަ ހިންގާ ކަމަށް ބުނި އަލްޤައިދާ ފިހާރަތައް ދައްކަންވީ؟" ޝަހީމް ވިދާޅުވިއެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ރިޔާސީ ކެމްޕެއިންގައި އެންމެ ހަރުއަޑުން ގޮވަމުންދިޔަ އެއް ވާހަކައަކީ މަރާލާފައިވާ މީހުންނާއި ގެއްލުވާލައިފައިވާ މީހުންގެ މައްސަލަތައް އިންސާފުވެރިކަމާއެކު ބަލައި އަވަސް ފިޔަވަޅުތަކެއް އަޅާނެ ކަމަށެވެ.

ނަމަވެސް ނަތީޖާއެއް ނުނެރެވި މަރު ކޮމިޝަނާ މެދު ރައްޔިތުންގެ އިތުބާރު ދަނީ ގެއްލެމުންނެވެ.

Ads by Allied Insurance
  1. ސޮމެޮނެ

    ސުއޫދު ޕޮލިޓިކްސް ދޫކޮށްލެއްވިކަން ރަގަޅުތާ!!