ޚަބަރު

ރައީސްގެ ޖަލްސާއަށް ހުރަސްއެޅުމުން ޔަގީން ވަނީ ޕީޕީއެމް އަކީ ޑިމޮކްރަސީ އިނގޭ ޕާޓީއެއް ނޫންކަން

ރައުފާ ރަޝީދު ، ދެން އޮންލައިން
މެންބަރު އިކްރާމް ހަސަން/ ފޮޓޯ: ރައްޔިތުންގެ މަޖިލިސް

ރޭ ބޭއްވި ރައީސް ޞާލިޙްގެ ކެމްޕޭން ޖަލްސާއަށް ހުރަސްއެޅުމުން ޕީޕީއެމްއަކީ ޑިމޮކްރަސީ ދަންނަ ޕާޓީއެއް ނޫންކަން އެނގިގެން ގޮސްފައިވާކަމަށް ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އިކްރާމް ހަސަން ވިދާޅުވެއްޖެއެވެ.

Ads by STELCO

މި މަހު ބާއްވާ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވާ ރައީސް ސޯލިހުގެ ކެމްޕޭން ޖަލްސާއެއް ރޭ އެމްޑީޕީގެ ހަރުގޭގައި ބާއްވަން ނިންމާފައި ވަނިކޮށް، އެ ޖަލްސާއަށް ހުރަސްއެޅުމުގެ ގޮތުން އިދިކޮޅުން ވަނީ އާޓިފިޝަލް ބީޗު ސަރަހައްދަށް އެއްވެފައެވެ.

މިކަމާ ގުޅޭގޮތުން އިކްރާމް ވިދާޅުވީ އެމްޑީޕީ ހަރުގޭގައި ރޭ ބޭއްވި ރައީސް ޞާލިހުގެ ޖަލްސާއަށް ޕީޕީއެމްގެ ލީޑާޝިޕުން ކުރި އުނދަގުލުން ޔަގީން ވަނީ ޕީޕީއެމް އަކީ ޑިމޮކްރަސީ ދަންނަ ޕާޓީއެއް ނޫންކަން ކަމަށެވެ.

“ޕީޕީއެމް ދެކޭ ގޮތުގައި ޤައުމެއްގެ ނިޒާމު އޮންނަންވާނީ އެމީހުން ޖަޒުބާތާއި ހިންގާ ގޮތަކަށް” އިކްރާމް ވިދާޅުވިއެވެ.

އިދިކޮޅުން އާޓިފިޝަލް ބީޗުގައި ރޭ ބޭއްވި އެއްވުމުގައި ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް މިނިވަން ކުރުމަށް ވަނީ ގޮވާލާފައެވެ. އެ ސަރަހައްދުގައި ސަލާމަތީ ބާރުތަކުން އެވަގުތު ދިޔައީ ހަރަކާތްތެރިވަމުންނެވެ.

Ads by HDC
  1. ކުރަފި

    އަޖައިބެއް ފަހެ މީހަކުނުވާނެތަ، ފިނޑިންނަށް ކަމެއް ކުރަން ނޭގުމަކީ ޕީޕީއެމުން ހުރަސްއެޅުމެއްނޫން ނާގާބިލު ވެރިއަކު ޖަލްސާގާ ބަހެއްބުނަން ނޭނގުމަކީ ޕީޕީއެމުން ހުރަސް އެޅުންކަމަށް ބެލުމަކީ ގަރުނުގެ އެންމެބޮޑު ޖޯކު، ދެފަޅިވަފާއޮތް އެމްޑީޕީ ޖަލްސާއެއް ބާއްވަންޏާ ޕީޕީއެމްގެ އެއްވެސް ހަރަކާތެއް ނުބޭއްވޭނެ ކަމަށް ގާނޫނެއް ފާސް ކުރަންވީ ނޫންބާ، މީދެންހާދަ ފެންމައްޗަށް އަރައިގެން އުޅޭ ބައިގަނޑެކޭދޯ، ތިމާމެން ނޫނަސް އެހެންމީހުންވެސް ދުނިޔޭގާއުޅެންޖެހޭނެ، އަދިޖަލްސާތައްވެސްބާއްވަންޖެހޭނެ،
    ފުރަތަމަ ޖަލްސާބާވާނެ ކަމަށް ބުނީވެސް ޕީޕީއެމުން، ރޭގާވެސް އެޖަލްސާހުއްޓުވަންޕޮލިހުން ފޮނުވައިގެ ނަޖާއިޒު ބާރުގެ ބޭނުންކުރަން އުޅެ އުޅެ ނުވީމާ، ދެން ކޮންމެވެސް ބަދުނާ.ެއް ޕީޕީއެމްގެ ބޮލުގާ މިއަޅުވަނީ، ރައިސް އިބުރާހިމް މިގައުމުގާ އުޚޭތީ ދެންތިބި އެހެން އެންމެން ގައުމުންބާލަންވީ ނޫބާ،!
    މީހަކު އަޅޭ އަންތަރީހެއް ނުވާނެތަ، މިއީ އެމްޑީޕީއެކަނި ގައުމެއްނޫނޭ ރައީސް އިބުރާހިމްގެ ފާޓުފުޅާވެގެން އެހެން މީހުނަށް ( ޕީޕީއެމަށް ) ހުރަސް އަޅަން އަދި ކަމެއްކުރިއަށްވެސް ނުދޭންވެގެން މި ފުމެނީ.