ބޮލީވުޑް މުނިފޫހިފިލުވުން

ގައިގޯޅި މަންޒަރު ކުޅޭތީ އަނބިމީހާ އަހަންނަށް އަނިޔާކުރޭ: އިމްރާން

އާމިނަތު ސަޒްރާ ، ދެން އޮންލައިން

ގައިގޯޅި މަންޒަރުތައް ކުޅުމަށް މަޝްހޫރު ބޮލީވުޑްގެ އެކްޓަރު އިމްރާން ހަޝްމީ އެފަދަ މަންޒަރުތައް ކުޅުމުން އަނބިމީހާ އޭނާގެ ގައިގަ ތަޅާ އަނިޔާކުރާކަމަށް ބުނެފިއެވެ.

Ads by STELCO

ގައިގޯޅި މަންޒަރުތައް ކުޅުމަށް ކުޅަދާނަ އިމްރާންގެ އަނބިމީހާ ޕަރްވީން އެފަދަ މަންޒަރުތަކަށް "ރިއެކްޓް" ކުރަނީ ކިހިނެތްތޯ އޭނާއާއި ކުރެވުނު ސުވާލަކަށް ޖަވާބުދެމުން އޭނާ ބުނީ ކުރިން އެފަދަ މަންޒަރުތައް ފެނުމުން ޕަރްވީން އޭނާގެ ގައިގައި ތަޅަނީ އަތް ދަބަހުން ނަމަވެސް މިހާރު އެކަމަށް އޭނާ ހޭނި މިހާރު ޖަހަނީ އަތުންކަމަށެވެ.

"އަަހަރެން އަބަދުވެސް އޭނައަށް ދަބަސް ގަނެދެން. ކޮންމެ ފިލްމަކަށްވެސް އަދި އަހަރެން ކުޅޭ އެކަހަލަ ކޮންމެ މަންޒަރަކަށްވެސް. އޭނަ އަތުގައި މިހާރު ހުންނާނެ ކަބަޑެއް ފުރެންދެން ދަބަސް. ހަމައެކަނި ދަބަސް އަޅަން ހާއްސަ ކަބަޑެއް އޭނައަތުގައި ހުންނާނެ. ކުރިން އޭނާ އަހަރެންގެ އެކަހަލަ މަންޒަރެއް ފެނުނުމުން ދަބަހުން އަހަރެންގެ ގައިގަ ތަޅާނެ. އެކަމު މިހާރު އެކަންކަމަށް ހޭނިއްޖެ." އިމްރާން ބުނެފައިވެއެވެ.

އިމްރާން ބުނިގޮތުގައި އޭނާގެ ފިލްމްތަކަށް ހޭނެން އަނބިމީހާއަށް ވަރަށް ވަގުތު ބޭނުންވިއެވެ. އަދި އޭނާގެ ފިލްމެއް ބަލަން ސިނަމާއަށް ގޮސް އިންއިރު އެފަދަ މަންޒަރެއް ފެނި އަނބިމީހާއަށް ވަރަށް އަސަރުކުރި ކަމަށާއި އެމަންޒަރު ބަލަން އިން ވަގުތު ޕަރްވީން ހިފަހައްޓައިގެން އިން އަތުގައި ވަކިއެޅި ލޭވެސް އައިކަމަށް އިމްރާން ވަނީ ބުނެފައެވެ. އެހެންނަމަވެސް މިފަދަ މަންޒަރުތަކަށް އޭނާ މިހާރު ހޭނިފައިވާކަމަށާއި އަނބިމީހާގެ އެއަމަލާމެދު އޭނާ ދެކެ ރުޅި ނާންނަކަމަށް ވެސް އިމްރާން ވަނީ ބުނެފައެވެ.

 

Ads by Ooredoo
  1. ހޅކިޅު އާދަނު ޑީ ބްލެކް އެޑަމް

    ަްރުޅި މަޑޭ

  2. ވރިހަމަ

    ހަކުރު ދެންޏާ ބޮޑުބޭބެ. ބޮޑުބޭބެ ހެޔޮ ކޮންމެ ކަމެއް ކުރިޔަސް. ބޭނުން އެއްޗެއް ލިބެންޏާ ވަރިހަމަ ވާމެ ގިނަ މީހުންނަށް.