ޚަބަރު

ޗާލު މިސްކިތް ފަންޑަށް، ފުރަތަމަ ދުވަހު އެކަނިވެސް ތިން ލައްކައަށްވުރެ ގިނަ ރުފިޔާ

ޢާއިޝަތު އަރީނާ ، ދެން އޮންލައިން
މާލެ ސިޓީ ކައުންސިލުން ކުރިއަށް ގެންދާ ޗާލު މިސްކިތް ޓެލެތޯންގެ ތެރެއިން- ފޮޓޯ\ މާލެ ސިޓީ ކައުންސިލް

މާލެ ސިޓީ ކައުންސިލުން، މިސްކިތްތަކުގެ މަރާާމާތަށް ފަންޑު ހޯދަން ފެށި ހަރަކާތަށް ހޫނު ތަރުޙީބެއް ލިބި،  މިސްކިތްތަކުގެ މަރާމާތުގެ މަސައްކަތަށް ފައިސާ ހޯދުމަށް ފެށި "ޗާލު މިސްކިތް" ފަންޑް ރެއިސިންގ އިވެންޓަށް މިހައިތަނަށް 300،000 ރުފިޔާ ލިބިއްޖެއެވެ.

Ads by MWSC

މިކަމާ ގުޅޭގޮތުން މާލެ ސިޓީ ކައުންސިލުން ވިދާޅުވީ، އިއްޔެގެ ހަރަކާތް ނިންމާލިއިރު، ލިބުނު ޖުމްލަ އަދަދަކީ 313,397.90 ރުފިޔާ ކަމަށެވެ.

އަދި އެހީ ދިން ފަރާތްތަކަށް ކައުންސިލުން ޝުކުރު އަދާކުރެއްވިއެވެ.

"ޗާލު މިސްކިތް" ފަންޑް ރެއިޒިން އިވެންޓް މިއަދު ވެސް ކުރިއަށް ގެންދާނެއެވެ.

އެގޮތުން މިއަދު ހެނދުނު 9:00 އިން އިރުއޮއްސި 6:00 އަށް މި ހަރަކާތް ކުރިއަށް ގެންދިޔުމަށް ވަނީ ހަމަޖެހިފައެވެ.

މާލެ ސިޓީ ކައުންސިލުން ވިދާޅުވެފައިވާ ގޮތުގައި މިސްކިތްތަކުގެ މަރާމާތަށް މަދުވެގެން ނުވަ މިލިއަން ރުފިޔާ ބޭނުންވެއެވެ.

"ޗާލު މިސްކިތް" ފަންޑް ރެއިޒިންގެ ތެރެއިން ފައިސާ ހަދިޔާކުރަން ބޭނުންވާ މީހުންނަށް ކައުންސިލްގެ އެކައުންޓް 7730000467623 އަށް ވެސް ފައިސާ ޖަމާކުރެވޭނެއެވެ.

މި ހަރަކާތުގައި ބައިވެރިނުވެ ވެސް، މިސްކިތްތައް މަރާމާތު ކުރުމަށް ފައިސާ ހަދިޔާކުރުމުގެ ފުރުޞަތު ވަނީ ހުޅުވާލައިފަ އެވެ.

އެގޮތުން އޮންލައިންކޮށް ފައިސާ ޓްރާންސްފާ ކުރުމާއި ކައުންސިލްގެ ވެބްސައިޓުގައިވާ ޕޭމަންޓު ޕޯޓަލް މެދުވެރިކޮށް ވެސް އެ ހަރަކާތަށް ފައިސާ ހަދިޔާ ކުރެވޭނޭ ކަމަށް ކައުންސިލުން ހާމަކުރައްވައެވެ.

  1. ދެބޭން

    މިސްކިތުގެ ނަމުގަވެސް ވައްކަން

  2. ޢަލީ

    ޝޯ ބާއްވަން ކީއްވެބާ ފަންޑު ނުހޯދަނީ