ދުނިޔެ

ރަޝިއާއިން އުފެއްދި ކޮވިޑް-19 ވެކްސިން ބޭނުން ކުރުމުގެ ހުއްދަ ދީފި

އަފްރާޙް ޢަބުދުއްރަޝީދު ، ދެން އޮންލައިން

މިހާރު މުޅި ދުނިޔެ، އެބައްޔަކަށް ފަރުވާއެއްގެ އިންތިޒާރުގައި އޮތް، ކޮވިޑް-19 އަށް ފުރަތަމަ ފަހަރަށް ވެކްސިނެއް ފައްކާކޮށް، ރަޖިސްޓްރީކޮށް، އެ ވެކްސިން ރަޝާގައި ބޭނުންކުރަން ފަށައިފިއެވެ.

Ads by Sosun Fihaara

ރަޝިއާގެ ރައީސް ވުލަޑްމިއަރ ޕޫޓިން ވިދާޅުވީ ކޮވިޑަށް ރަޝާގައި އުފެއްދި ވެކްސިން ހުރިހާ ޓެސްޓް މަރުހަލާތަކެއް ފުރިހަމަކޮށްފައި ވާކަމަށާއި އަދި ޓެސްޓް މަރުހަލާތަކުގައި އެ ވެކްސިން ކާމިޔާބު ކަމަށެވެ.

ޕުޓިން ވިދާޅުވީ ވެކްސިން ކާމިޔާބު ކަމަށާއި، އަދި ވެކްސިން ބޭނުންކުރާ ފަރާތްތަށް ބަލިން ރައްކާތެރިވާނެކަމުގެ ޔަގީންކަން ލިބިފައިވާ ކަމަށެވެ. އަދި އޭނާގެ ދެ ދަރިކަނބަލުންގެ ތެރޭން އެއް ބޭފުޅަކަށް އެ ވެކްސިން މިހާރު ދީފައިވާ ކަމަށާއި އޭނާގެ ހާލުވެސް ރަނގަޅުކަން ޕޫޓިން ފާހަގަކުރެއްވިއެވެ.

ރަޝާ ވެގެން ގޮސްފައި މިވަނީ ކޮވިޑަށް ވެކްސިނެއް އުފެއްދި ފުރަތަމަ ގައުމަށެވެ. ރަޝާގެ ކަމާގުޅުންހުރި އިދާރާތަކުން ބުނީ، ވެކްސިން ދިނުމުގައި އެންމެ ފުރަތަމަ އިސްކަން ދޭނީ، ސިއްހީ ދާއިރާގެ މަސައްކަތްތެރީންނާއި، މުދައްރިސުންނާއި އެނޫން ވެސް މިފަދަ ރިސްކު ގްރޫޕް ތަކުގައި ތިބި ފަރާތްތަކަށް ކަމަށެވެ.

Ads by Ooredoo
  1. ލުމާލެ

    ފައިނަލީ