Friday, 30 October 2026
Advertisement
Ooredoo — Airfibre (leaderboard)
ދުނިޔެ

އަފްގާނުގައި ޖާނުން ފިދާވުމުގެ ހަމަލާއެއް

އަފްގާނުގައި ޖާނުން ފިދާވުމުގެ ހަމަލާއެއް

އަފްޣާނިސްތާނުގައި މީހަކު ޖާނުން ފިދާވެގެންދިން ބޮމުގެ ހަމަލާއެއްގައި ގިނަ އަދަދެއްގެ ބަޔަކަށް އެކިވަރުގެ އަނިޔާތައްވެ، އެތައްބައެއްގެ ފުރާނަ ގެއްލިފައިވާކަމަށް ރިޕޯޓުކޮށްފިއެވެ.

ބުދަ ދުވަހުގެ މި ހަމަލާ ދީފައި ވަނީ އެގައުމުގެ ފޮރިން މިނިސްޓްރީ ކައިރީގައި، ހަވީރު 04:00ހާ އިރުއެވެ.

ވެރިރަށް ކާބުލްގެ ފުލުހުންގެ އިދާރާގެ ތަރުޖަމާން، ޚާލިދް ޒަދްރަން ވަނީ މި ހަމަލާގައި މަރުވި މީހުންގެ އަދަދަކީ ފަހެއް ކަމަަަށް ކަށަވަރުކޮށްދީފައެވެ. ނަމަވެސް، ތާލިބާނުންގެ އިންފޮރމޭޝަން މިނިސްޓްރީގެ އޮފިޝަލަކު ވަނީ ހާދިސާގައި 20 މީހުން މަރުވެފައިވާކަމަށް މައުލޫމާތުދީފައެވެ.

Advertisement
Ooredoo — Truecaller (box)

އާންމުވެފައިވާ ބައެއް ފޮޓޯތަކުން މިނިސްޓްރީގެ ބޭރުގައި ނުވަ މީހުންގެ ފުރާނަ ނެތް ހަށިގަނޑު ފެންނަން އޮތެވެ.

މިނިސްޓްރީގެ އޮފިޝަލަކު މައުލޫމާތު ދިން ގޮތުގައި، ހަމަލާދިން މީހާ ބޭނުންވީ ފޮރިން މިނިސްޓްރީގެ ތެރެއަށް ވަންނަންށެވެ. އެކަން އޭނާއަށް ކާމިޔާބު ނުވިކަމަށް އޮފިޝަލު ފާހަގަކުރިއެވެ.

ހާދިސާ ހިނގި ސަރަހައްދާ ކައިރީގައި ހުރި ހޮސްޕިޓަލަކާ ހަވާލާދީ މީޑިއާތަކުން ރިޕޯޓުކޮށްފައިވާގޮތުން ބޮމުގެ ހަމަލާގެ ސަބަބުން 40ށް ވުރެ ގިނަ މީހުންނަށް ވަނީ އެކިވަރުގެ އަނިޔާތައް ލިބިފައެވެ.

އ.ދ.، އިނގިރޭސިވިލާތް އަދި ޕާކިސްތާނު ހިމެނެހޭން ގިނަ ގައުމުތަކަކުން ވަނީ މިހަމަލާ ކުށްވެރިކޮށްފައެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް