ބޮލީވުޑް މުނިފޫހިފިލުވުން

ރަޝްމިކާ އާއި ވިޖޭ ޑޭޓު ކުރަނީތަ؟

އަޒްހާން އިބްރާޙީމް ، ދެން އޮންލައިން
ވިޖޭ ދެވަރަކޮންޑާ އާއި ރަޝްމިކާ މަންޑާނާ

ސައުތު އިންޑިއާގެ މަގުބޫލު ދެ ތަރިން ކަމަށްވާ ރަޝްމިކާ މަންޑާނާ އާއި ވިޖޭ ދޭވަރަކޮންޑާ ޑޭޓު ކުރަމުންދާކަމަށް މީޑިއާ ރިޕޯޓުތައް ބުނެފި އެވެ.

Ads by STELCO

މީޑިއާގައި މިވާހަކަ ދެކެވެން ފަށާފައި މިވަނީ ރަޝްމިކާއާއި ވިޖޭ ވަކިވަކިން އާންމުކުރި ދެ ފޮޓޯއެއްގެ ސަބަބުންނެވެ. އާ އަހަރާއި ދިމާކޮށް ރަޝްމިކާ އާންމު ކުރި ފޮޓޯގައި ފެންނަ ތަނާއި ވިޖޭ ނަގާފައިވާ ފޮޓޯގައި ފެންނަ ތަން ވަރަށް ވައްތަރެވެ.

އެހެންނަމަވެސް އެފޮޓޯގައި ދެމީހުން ތިބީ ކޮންތަނެއްގައިކަން މުޅިން ސާފެއް ނުވެ އެވެ. އަދި ދެމީހުން އެތަނަށް ދިޔައީ އެއްކޮށްކަމެއްވެސް ކަށަވަރެއް ނުވެ އެވެ. އެހެންނަމަވެސް މީޑިއާ ރިޕޯޓުތަކުގައި ބުނެފައިވަނީ ބައެއް ސޯސްތަކުން ކަށަވަރު ކޮށްދޭ ގޮތުގައި ދެމީހުން ތިބީ އެއް ތަނެއްގަ އެވެ.

ރަޝްމިކާ އޭނާގެ އިންސްޓަގްރާމްގައި އާ އަހަރުގެ ފުރަތަމަ ދުވަހު ލައިވް ސެޝަނެއްވެސް ކުރިއަށް ގެންދިޔަ އެވެ. އެ ލައިވް ބެލި ބައެއް މީހުން ބުނާ ގޮތުގައި ރަޝްމިކާގެ ލައިވްގެ ތެރެއިން ވިޖޭ ވާހަކަ ދައްކާ އަޑު އިވުނެވެ.

ސައުތު އިންޑިއާގައި ނަން މަޝްހޫރު ރަޝްމިކާ ބޮޑަށް މަޝްހޫރުވެގެން ދިޔައީ "ޕުޝްޕާ" އަށް ފަހު އެވެ. އޭގެ ފަހުން ރަޝްމިކާ ދަނީ ބޮލީވުޑް ބައެއް ފިލްމުތަކުގައިވެސް މަސައްކަތް ކުރަމުންނެވެ.

އަނެއްކޮޅުން ވިޖޭވެސް ވަނީ ދާދި ފަހުން ބޮލީވުޑް ފިލްމެއް ކުޅެފަ އެވެ. ވިޖޭއަކީ ފިލްމު "އަރްޖުން ރެއްޑީ" އިން މަގުބޫލުކަން ހޯދި އެކްޓަރެކެވެ.

ވިޖޭ އާއި ރަޝްމިކާ މީގެކުރިން އެކީގައި މަސައްކަތްވެސް ކޮށްފައި ވެއެވެ. މިދެތަރިން އެކީގައި ފެނުނީ ފިލްމު "ޑިއާ ކޮމްރޭޑް" އިން 2019 ވަނަ އަހަރެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!