ރައީސް ޞާލިޙަށް އައްޑޫން 70 ޕަސެންޓް ވޯޓު ލިބޭނެ

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ރައީސް އިބްރާހީމް މުހައްމަދު ޞާލިޙަށް އައްޑޫން އެމްޑީޕީ މެމްބަރުންގެ 70 ޕަސެންޓް ވޯޓު ލިބޭނެ ކަމަށް ގަބޫލުކުރާ ކަމަށް އައްޑޫގެ މޭޔަރު އަލީ ނިޒާރު ވިދާޅުވެއްޖެއެވެ.
ހިތަދޫގެ އުސްގަނޑަ ބީޗުގައި ބޭއްވި ކެމްޕެއިން އިވެންޓެއްގައި ވާހަކަފުޅުދައްކަވަމުން ނިޒާރު ވިދާޅުވީ އައްޑޫން ރައީސަށް 70 ޕަސެންޓް ލިބެންޖެހޭނެ ކަމަށް ގަބޫލުކުރާ ކަމަށާއި އެކަން ރައީސް ޞާލިޙަށް ވެސް ދަންނަވާފައިވާ ކަމަށެވެ.
އަދި އައްޑޫގައި ތަރައްގީގެ މަސައްކަތެއް ނުހިނގާ އެއްވެސް ސަރަހައްދެއް ނެތްކަމަށާއި އައްޑޫ ސިޓީގެ ރައްޔިތުން ރައީސް ޞާލިޙްއާ ހަވާލުކޮށްފައިވާ މެނިފެސްޓޯގައި ހުރި އެއްވެސް ކަމެއް އުނި ނުކުރައްވާކަމަށް ނިޒާރު ވިދާޅުވިއެވެ.
“އަޅުގަނޑުމެން އެދުނު ހުރިހާ ކަމެއް ފުރިހަމަ ކުރަމުން ވަޑައިގެންނެވީމާ އަޅުގަނޑުމެން އައްޑޫ ސިޓީގެ ރައްޔިތުން ވޯޓު ދޭންޖެހޭ. އެއީ އެކަން އޮންނަން ޖެހޭ ގޮތް” ނިޒާރު ވިދާޅުވިއެވެ.
އެމްޑީޕީގެ ޕްރައިމަރީގެކެމްޕެއިން ފޯރިގަދަވެފައިވާއިރު ޕްރައިމަރީގައި ވާދަކުރައްވާދެ ކެނޑިޑޭޓުން ގެންދަވަނީވާދަވެރި ކެމްޕެއިނެއްކުރައްވަމުންނެވެ. މިމަހު 28ގައި ބޭއްވުމަށް ހަމަޖެހިފައިވާ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގެ ޓިކެޓް ކަށަވަރު ކުރެއްވުމަށް ދެ ކެނޑިޑޭޓުންވެސް އަތޮޅުތެރޭގައި ހަރަކާތްތެރިވެފައިވެއެވެ.
ރައީސް ޞާލިޙްގެ ކެމްޕެއިން ދަތުރުފުޅުގައި އެންމެ ފުރަތަމަ ވަޑައިގެންނެވީ ރ.އަތޮޅަށެވެ. ރައީސް ނަޝީދުވަނީ އއ، އދ، ދ. އަދި ފ. އަތޮޅަށް ވަޑައިގެންފައެވެ.
މޭޔަރު އިތުރުފުޅު ނަހައްދަވާ ….
މަސަކަތްކުރައްވާ….
70/ލިބޭނެ..