ބޮލީވުޑް މުނިފޫހިފިލުވުން

އާލިއާއާއި ރަންބީރްގެ ދަރީގެ ފޭވަރިޓަކީ ކާކުކަން އިނގޭތަ؟

އަޒްހާން އިބްރާޙީމް ، ދެން އޮންލައިން
ރަންބީރް ކަޕޫރާއި އާލިއާ ބަޓްގެ ކައިވެނީގެ ފޮޓޯއެއް

ބޮލީވުޑް ތަރި ރަންބީރް ކަޕޫރާއި އާލިއާ ބަޓްގެ އަލަތު ދަރިފުޅު ރަހާ ކަޕޫރުގެ ފޭވަރިޓް މީހާ ހާމަކޮށްފިއެވެ.

Ads by Sosun Fihaara

ދެ މަސް ފުރި ތިން މަހަށް ދާ ރަހާއަކީ ކަޕޫރު އާއިލާގެ އެންމެ މުހިންމު އެއް މެމްބަރަށް ވަނީ ވެގެން ގޮސްފައެވެ. މަންމަ އާއި ބައްޕަގެ އިތުރުން ދެފަރާތުގެ އާއިލާއިންވެސް ރަހާއަށް ދަނީ ހިފެހެއްޓުމެއް ނެތް ލޯބި ދެމުންނެވެ.

ރަހާ ދިރިއުޅެނީ އޭނާގެ މަންމައާއި ބައްޕައާއިއެކު ބައްޕަގެ ގޭގައެވެ. އެ ގޭގައި ރަންބީރުގެ މަންމަ ނީތޫ ކަޕޫރުވެސް ދިރިއުޅެއެވެ. މީޑިއާތަކުން ރިޕޯޓުކޮށްފައިވާ ގޮތުން ނީތޫ ގެއަށް ވަންނައިރަށް ރަހާ އެކަމާއި އުފަލުން އުޅެއެވެ. އަދި ނީތޫގެ އަޑު އިވުމާއިއެކު އެއަޑު ފާހަގަކުރެއެވެ.

އާލިއާ އާއި ރަންބީރު ބުނާ ގޮތުގައި ރަހާގެ ފޭވަރިޓަކީ މާމަ ނީތޫއެވެ. މިކަމާ ދެމަފިރިންވެސް ތިބީ ވަރަށް އުފަލުންނެވެ.

ރަހާގެ ފޮޓޯއެއް މިހާތަނަށް ސޯޝަލް މީޑިއާގައި އާންމެއް ނުވެއެވެ. އެހެންނަމަވެސް ބައެއް ފޮޓޯގްރާފަރުންގެ ލެންސަށް ރަހާގެ ފޮޓޯ ވަނީ އަރައިފައެވެ. މިފޮޓޯތައް އަދި ހުރީ ސިއްރެއްގެ ގޮތުގައި ބަހައްޓައިފައެވެ.

ފޮޓޯގްރާފަރުން ބުނާ ގޮތުގައި ރަހާ ވައްތަރީ ރަންބީރް އާއެވެ. އޭނާ އަކީ ކަޕޫރު އާއިލާގެ ތައްގަނޑެއްކަމަށްވެސް ފޮޓޯގްރާފަރު ބުނެއެވެ.

އާލިއާ އާއި ރަންބީރު ނިންމާފައިވަނީ ރަހާއަށް ދެ އަހަރު ވުމުގެ ކުރިން އެއްވެސް ފޮޓޯއެއް އާންމު ނުކުރާށެވެ. އަދި އޭގެ ކުރިން އާންމު އެއްވުންތަކަށްވެސް ރަހާ ނުގެންދާށެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!