ޚަބަރު

ސިރާޖުގެ ތާއީދު ރައީސް ޞާލިހަށް!

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

އަންނަ އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ފޮނަދޫ ދާއިރާގެ މެންބަރުން މޫސާ ސިރާޖުގެ، ރައީސުލްޖުމްހޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިޙަށް ތާއީދު ކުރައްވާނެކަން ހާމަކުރައްވައިފިއެވެ.

Ads by STELCO

މިއަދު ސިރާޖު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ކުރިއަށް އޮތް ރިޔާސީ އިންތިހާބު އެމްޑީޕީއަށް ކާމިޔާބު ކޮށްދެވޭނެ ކެންޑިޑޭޓަކާއެކު އިންތިހާބަށް ނުކުތުން މުހިންމު ކަމަށް ފެންނާތީ، ރައީސް ސާލިހަށް ތާއީދުކުރުމަށް ނިންމައިފައިވާ ކަމަށެވެ. އަދި މިގޮތަށް ނިންމާފައިވަނީ ދާއިރާގެ ރައްޔިތުންގެ މަޝްވަރާއެކުގައި ކަމަށް ވިދާޅުވިއެވެ.

ސިރާޖަކީ މީގެ ކުރިން ރައީސް ނަޝީދަށް ވަރަށް ބޮޑަށް ތާއީދު ކުރައްވާ ވާހަކަފުޅު ދައްކަވާ ބޭފުޅެކެވެ. އަދި ސަރުކާރުގެ ސިޔާސަތުތަކަށް މީގެ ކުރިން މަޖިލީހާއި ސިޔާސީ މަންސަތަކުގައި ފާޑު ވިދާޅުވެއެވެ. ނަމަވެސް ރިޔާސީ ޕްރައިމަރީއަށް އިއުލާން ކުރުމާއެކު، ފާޑު ކިޔުންތައް ވަނީ މަޑުޖައްސާލާފައެވެ. އެމްޑީޕީގެ ޗެއަރޕާސަން އިންތިޚާބުގައި ވެސް ސިރާޖު ހުންނެވީ ރައީސް ނަޝީދު ތާއީދު ކުރެއްވި، އިމްތިޔާޒް ފަހުމީގެ ފަހަތްޕުޅުގައެވެ.

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ދެން ވާދަ ކުރައްވާނީ ރައީސް މުޙައްމަދު ނަޝީދެވެ. އިންތިޚާބު އޮންނާނީ މިމަހު 28 ވަނަ ދުވަހުއެވެ.

މި އިންތިޚާބުގައި ގިނަ މަޖިލިސް މެންބަރުންނާއި ވަޒީރުން ތާއީދު ކުރައްވަނީ އިބްރާހީމް މުޙައްމަދު ޞާލިޙަށެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!