Tuesday, 3 November 2026
Advertisement
STO — McCoy (leaderboard)
ޚަބަރު

ކުޑަގިރި ޕިކްނިކް އައިލޭންޑް ހުޅުވަން އެޗްޑީސީން ތައްޔާރުވެއްޖެ

ކުޑަގިރި ޕިކްނިކް އައިލޭންޑް ހުޅުވަން އެޗްޑީސީން ތައްޔާރުވެއްޖެ

ޕިކްނިކް އައިލޭންޑެއްގެ ގޮތުގައި ތަރައްގީ ކޮށްފައިވާ ކުޑަގިރީގެ މަސައްކަތް ނިންމާ އެރަށުން ހިދުމަތްތައް ފޯރުކޮށްދިނުމަށް އެޗްޑީސީން ތައްޔާރުވެއްޖެއެވެ.

އެޗްޑީސީން ވިދާޅުވީ ސަރުކާރާއި އެޗްސީން ގުޅިގެން އެ ރަށުގެ ހުރިހާ މަސައްކަތްތަކެއް ނިންމާލާ ރަށް އާންމުންނަށް ހުޅުވާލުމަށް ތައްޔާރުކުރަމުންދާ ކަމަށެވެ.

އަދި ޕިކްނިކް އައިލެންޑެއްގެ ގޮތުގައި އެ ރަށް ކަނޑައަޅާފައިވީ ނަމަވެސް ކައިވެނީގެ ހަފްލާތަކާއި، އުފަންދުވަސް ފާހަނގަކުރުމަށް ބާއްވާ ޕާޓީތަކާއި އެކިކަހަލަ އެއްވުންތަކުގެ އިތުރުން ކޯޕަރޭޓް އިވެންޓްތައް ބޭއްވުމުގެ ފުރުސަތުވެސް ހުޅުވިގެން ދާނެ ކަމަށް އެޗްޑީސީން ވިދާޅުވިއެވެ.

Advertisement
Allied Insurance — Square (box)

މީގެ އިތުރުން އެ ރަށުގައި ފާހަނާބަރި، ޗޭންޖިންގ ރޫމާއި ނާސިންގް ރޫމްވެސް ގާއިމުކޮށްފައިވާ ކަމަށާއި މިސްކިތަކާއި، ކްލިނިކްއަކާއި، ކޮންވީނިއެންސް ސްޓޯރ އަދި ރީޓެއިލް ސްޓޯރގެ އިތުރުން ކެފޭއެއްވެސް ގާއިމްކުރެވިފައިވާ ކަމަށް އެޗްޑީސީން ވިދާޅުވިއެވެ.

ކުޑަގިރި މަޝްރޫޢުއަކީ، ރައީސް އިބްރާހިމް މުހައްމަދު ޞާލިޙްގެ ވައުދުތަކުގެ ދަށުން ދުޅަހެޔޮ، ހިތްފަސޭހަ އަދި އިޖްތިމާޢީ ގުޅުމާއި ހަމަޖެހުން ދެމެހެއްޓުމާއި، ރައްޔިތުންގެ ނަފްސާނީ ދުޅަހެޔޮކަން އިތުރުކޮށްދިނުމަށް ހިންގާ މަޝްރޫޢުއެކެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް